ޚަބަރު

ބްރިޖުގެ ދަތުރުތައް ފަށާނީ ސެޕްޓެމްބަރު 7ގައި


އަންނަމަހުގެ 7 ވަނަ ދުވަހުން ފެށިގެން ޢާއްމު ދަތުރުފަތުރަށް ސިނަމާލެ ބްރިޖު ހުޅުވާލާނޭކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބްރިޖު ހުޅުވުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާދަމާރޭ ބްރިޖު ހުޅުވުމާއިއެކު 5 ސެޕްޓެމްބަރާއި ހަމައަށް ބްރިޖު މަތީގައި ތަފާތު އެކި ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސެޕްޓެމްބަރުމަހުގެ 5 ދުވަހު އެ ޙަރަކާތްތައް ނިމުމާއިއެކު ބްރިޖު ޢާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

ބްރިޖު ހުޅުވުމަށްފަހު ހަފުތާއެއް ވަންދެން ތަފާތު އިވެންޓުތައް ބާއްވަން ހަމަޖެހިފައިވާއިރު އޭގެތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި ކިޔަވާ ކުދިންނާއި ކުޅިވަރު ކުޅޭ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެކި ދާއިރާތަކުގެ މީހުން ބްރިޖަށް އަރައި އެތަނުގައި ފޮޓޯ ނެގުމާއި ހިނގުމުގެ ފުރުސަތު ދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"31 އޮގަސްޓްއިން ފެށިގެން ބްރިޖްގައި އެކި އިވެންޓްތައް ކުރިއަށްގެނދިޔުމަށް މަޖެހިފައިވަނީ. އެގޮތުން 31 އޮގަސްޓްގައި ފަސް ކަޕަލްގެ ކައިވެނި ކުރުން އޮންނާނެ. އެމީހުންނަށް ރޭގަނޑު 4 އިން ނުވަޔަކަސް ކައިވެނީގެ ހަފްލާތައް ކުރިއަސްގެންދިޔުމަށް.އެރޭ 11 ޖަހަންދެން އާއްމުންނަށް ހުޅުވާލާނަށް ބްރިޖްމަތީ ފޮޓޯ ނަގާ ހިނގާލަން އެހެންނަމަވެސް ބްރިޖްއިން ހުޅުލެ ހުޅުމާޅެއަށް ދިޔުމުގެ ފުރުޞަތެއް ނޯންނާނެ ބްރިޖް އާއްމުންނަށްހުޅުވުމުގެ ކުރިން" މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖް ހުރަސްކުރުމަށް ނަގާ ފީގެ މަޝްވަރާތައް ކަމާބެހޭ އިދާރާތަކާއެކު މިހާރު ކުރިއަށް ދާކަމަށާއި އެކަން ނިމުމާއެކު އަގުތައް އާއްމުކުރާނެ ކަމަށެވެ. އަދި ފީ ނެގުމުގައި ރައްޔިތުންނަށް ތަކުލީފެއް ނުޖެހޭނެ ގޮތަށްއެކަން ހަމަޖައްސަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވި.
ސިނަމާލެ ބްރިޖް ތަރައްޤީކޮށްފައިވަނީ 4 ލޭނަށް ދެކޮޅަށް ދުއްވޭގޮތަށެވެ. ކޮންމެ ކޮޅަކަށް ދުއްވަން ދެ ލޭން ހާއްސަ ކޮށްފައިވާއިރު ކޮންމެ ކޮޅަކުންވެސް އެއް ލޭން ޚާއްސަ ވާނީ ބަހަށް ނުވަތަ ޕަބްލިކް ޓްރާންސްޕޯޓަށާއި ސައިކަލްތަކަށެވެ. އަނެއް ލޭން ޚާއްސަ ކޮށްފައި ވަނީ ކާރަށާއި އެހެނިހެން ވެހިކަލްތަކަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ ބްރިޖުގެ ދަތުރުތައް ފަށަންވާއިރަށް ތާރު އަޅައިގެން ހަދާ މަގުތައް ނިންމާލެވޭނެކަމަށާއި އެ މަގުގައި ގަސް އިންދުމަށް ވާންޖެހޭ ތައްޔާރީތައްވެސް ވަމުންދާކަމަށެވެ. އަދި ބްރިޖްގައި ދަތުރުތައް ރަސްމީކޮށް ކުރަންފެށުމާއެކު އެ މަގުތައްވެސް އާއްމުންނަށް ހުޅުވާލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މަގުގެ ބޭނުންކުރަން ހުޅުވާލާނަށް ވަރަށް އަވަހަށް.އެހެންނަމަވެސް ވަކި ދުވަހެއް ކަނޑައެއް ނާޅަން އަދި. 7 ސެޕްޓެމްބަރުން ފެށިގެން ބްރިޖް އާއްމުންނަށް ހުލުވާލާއިރު އޭގެ ކުރިއަށް ބޭރުމަގު ހުޅުވާލާން ޖެހޭނެ. އަމާޒަކީ ސެޕްޓެމްބަރު މަހުގެ 2 ނުވަތ 3 ގައި މުގުހުޅުވާލުން."ޑރ މުއިއްޒު ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖު މާދަމާރޭ ހުޅުވުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުން ދަނީ ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.