ޚަބަރު

މުދަލުގެ ޒަކާތް އަންނަމަހު ބަހަން ފަށަނީ


މިދިޔަ އަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އަންނަ މަހު ބަހަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުދަލު ޒަކާތް ބެއްހުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 4 އިން 6 އަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް އިސްލާމީ މަރުކަޒުގައިކަމަށެވެ. ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކަ 1000 ރުފިޔާ ބެހުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

އައްޑޫސިޓީ، ފުވައްމުލައް ސިޓީ އަދި ގދ. ތިނަދޫ ނުހިމަނައި ފަޤީރުންގެގޮތުގައި 13،294 މީހުން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ މާލެއިން 3،302 މީހުންނާއި، އަތޮޅުތަކުން 9،992 މީހުންނެވެ.

މިދިޔައަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި ބަހާފައިވަނީ ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ މީހަކަށް 900 ރުފިޔާއެވެ.