ޚަބަރު

އިދްލިބްގެ މައްސަލައިގައި ޓްރަމްޕާއި މަރކެލް ކަންބޮޑުވުން ފާޅުކޮށްފި


ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި މިހާރު ހިންގަމުންދާ ތަޅާފޮޅުންތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، ޚާއްޞަ ގޮތެއްގައި އެ ޤައުމުގެ އިދްލިބްގެ ހާލަތާމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލަރ މާރކެލް އެއްބަސްވެވަޑައިގެންފައެވެ.

މި ދެ ބޭފުޅުން މިކަމަށް އެއްބަސްވެވަޑައިގެންފައިވަނީ މި މަޢުލޫއާ ބެހޭ ގޮތުން މަޝްވަރާތައް ކުރުމަށް ދެބޭފުޅުންގެ ދެމެދު ކުރިއަށް ދިޔަ ފޯނު ކޯލެއްގައެވެ. މި ފޯނުކޯލާ ބެހޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވާ ވާހަކަ ދައްކަވަމުން އެމެރިކާގެ ވައިޓްހައުސްގެ ތަރުޖަމާނު ސާރާ ސެންޑަރސް ވިދާޅުވީ، އިދްލިބް ޕްރޮވިންސްގެ އިންސާނީ އެހީގެ ޚާރިޘާއެއް ކުރިމަތިވުން ހުއްޓުވުމަށް ކުރެވެން އޮތް ކަމެއް ބައިނަލްއަޤުވާމީ ފަރާތްތަކުން ކުރުމަށް ދެ ޤައުމުގެ އިސްވެރިން ގޮވާލައްވާފައިވާ ކަމަށެވެ.

ޖަރުމަނުވިލާތުގެ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، ދެ ޤައުމުގެ ރައީސުން ވަނީ، ސޫރިޔާގެ ސަރުކާރަށް ރަޝިޔާއިން ކުރާ ނުފޫޒުގެ ބޭނުން ހިފައި، އިދްލިބްގައި ބޮޑު ލޭ އޮހޮރުވުމެއް ހިނގިޔަ ނުދިނުމަށް ޓަކައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ރަޝިޔާއަށް ގޮވާލާފައެވެ.