ޚަބަރު

ރައީސް ޔާމީން އިނގުރައިދޫ ބަނދަރު ހުޅުވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫގައި ތަރައްޤީކޮށްފައިވާ ބަނދަރު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

އިނގުރައިދޫގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވުމުގެ ގޮތުން އެކަމަށްޓަކައި ޚާއްޞަކުރެވިފައިވާ ހަނދާނީ ބިނާގެ ފަރުދާ ކައްސަވައިލަދެއްވައިފައެވެ.

އިނގުރައިދޫ ބަނދަރަކީ ސަރުކާރުން 46.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ބަނދަރެކެވެ. އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުގެ ދަށުން ފަޅުވެސް ވަނީ ބޮޑުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން އިނގުރައިދޫ ބަނދަރުގައި 288 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓަކާއި 353 މީޓަރުގެ އެއްގަމު ތޮއްޓެއްވެސް ވަނީ ލާފައެވެ.