ޚަބަރު

ޖުލައިމަހު މީރާއަށް ލިބުނު އާމްދަނީ ފާއިތުވި 7 އަހަރަށްވުރެ އިތުރުވެއްޖެ


މިއަހަރުގެ ޖުލައިމަހު މީރާއަށް ލިބުނު އާމްދަނީ ފާއިތުވި 7 އަހަރަށްވުރެ އިތުރުކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ބުނެފިއެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖުލައިމަހު މީރާއަށްވަނީ 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހު މީރާއަށް ލިބުނު އާމްދަނީގެ %43.9 އަކީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްއެވެ. އަދި %24.4 އަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އާމްދަނީ އިތުރުވި ސަބަބެއްގެ ގޮތުގައި މީރާއިން ބުނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ނުވަތަ ބީޕީޓީ ދެއްކުމުގެ މުއްދަތު މިދިޔަމަހު ހަމަވިއިރު ބީޕީޓީގެ ގޮތުގައި ލިބުނު މިންވަރު އިތުރުވުމެވެ.

މިދިޔަ 7 އަހަރަށްވުރެ މިއަހަރުގެ ޖުލައިމަހު މީރާއަށް ލިބުނު އާމްދަނީ 2.1 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު މިދިޔަ އަހަރު ޖުލައިމަހު ލިބިފައިވަނީ 2 ބިލިއަން ރުފިޔާއެވެ.