ޚަބަރު

ވިލާތުގެ ޤައުމުތަކަށް މިނިވަން މާލީ ނިޒާމެއް މުހިއްމު: ޖަރުމަނުވިލާތް


އެމެރިކާއިން ބޭނުން ކުރާ މާލީ އަދި ބޭންކިންގެ ނިޒާމާ ތަފާތު އަދި މިނިވަން ނިޒާމެއް ވިލާތުގެ ޤައުމުތަކުން ބޭނުންކުރަން ޖެހޭކަމަށް ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ހައިކޯ މާސް ވިދާޅުވެއްޖެއެވެ.

ޖަރުމަނުވިލާތުގެ ނޫހަކަށް މާސް ލިޔުއްވި މަޒުމޫނެއްގައި ވިދާޅުވެފައިވަނީ، ވިލާތުގެ އިޤްތިޞާދީ މިނިވަންކަން އިތުރު ކުރެވޭނީ އެމެރިކާއާ ތަފާތު މާލީ ނިޒާމްތަކެއް ޤާޢިމުކޮށް މިނިވަން ސްވިފްޓް ނިޒާމެއް ޤާއިމުކޮށްގެންކަމަށެވެ. ސްވިފްޓް ނިޒާމަކީ، ބެލްޖިއަމްގެ އިދާރާއެއް މެދުވެރިކޮށް ދުނިޔޭގެ މާލީ އިދާރާތަކާ އެކު އެކި މުޢާމަލާތައް ކުރެވޭ ނިޒާމެކެވެ.

މި ނިޒާމަކީ މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހޭ ނިޒާމެއްކަމަށް އެ ނިޒާމު ބަލަހައްޓާ ފަރާތުން ބުނެއެވެ. އެހެންނަމަވެސް، ސްވިފްޓް ވިއުގަ ބޭނުންކޮށްގެން ކުރާ ބައެއް މުޢާމަލާތްތަކުގެ ތެރެއިން އެމެރިކާއިން ބޭނުންވާ ބައެއް މުޢާމަލާތްތައް ހުއްޓުވުމުގެ ބާރު އެމެރިކާއަށް ލިބިފައިވާކަމުގެ ރިޕޯޓްތައް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.