ޚަބަރު

އުރީދޫގެ ނިރު އެކްސެލެރޭޓަރ ހެކަތޯންގައި ބައިވެރިވުމުގެ ފުރުސަތު


އުރީދޫ ނިރު އެކްސެލެރޭޓަރ ހެކެތޯންގައި ބައިވެރިވުމުގެ ފުރުޞަތު ޒުވާނުންނަށް ހުޅުވާލައިފިއެވެ.
މިއީ އުރީދޫއާއި ސްރީލަންކާގެ މަޝްހޫރު އައިޑިއާ މާޓް ކުންފުންޏާ ގުޅިގެން ބާއްވާ ޙަރަކާތެކެވެ.

މިމަހުގެ 31 އިން ސެޕްޓެމްބަރުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައިވާއިރު އުރީދޫން ވަނީ މިޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން ޕްރީ-ހެކް ސެޝަންތަކެއްވެސް ކުރިއަށްގެންގޮސްްފައެވެ. މިސެޝަންތަކުގައި އުރީދޫ ނިރު އެކްސެލެރޭޓަރ ހެކެތޯން ކުރިޔަށްދާނެ ގޮތާއި، ބައިވެރިންނަށް ލިބިގެންދާނެ ޑިޖިޓަލް ޓޫލްތަކުގެ މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ނިރު އެކްސެލެރޭޓަރ ހެކެތޯނާއި ބެހޭ ގޮތުން އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ މިފަދަ ޙަރަކާތެއްގެ ސަބަބުން ދިވެހިންގެ ތެރޭގައި ހުނަރުވެރި ޑެވެލޮޕަރުން އުފެދިގެންދާނެކަމަށެވެ.
"ނިރު އެކްސެލެރޭޓަރ ޕްރޮގްރާމް ވުޖޫދަށް އައުމުގެ ކުރިން، އަޅުގަނޑާ ވަރަށް ގިނަ ދިވެހި ޑެވެލޮޕަރުންނާއި ވަނީ ދިމާވެފައި. މި ބައްދަލުވުންތަކުން ލިބިގެންދިޔަ އެންމެ މުހިންމު މެސެޖަކީ، ދިވެހީންގެ ތެރޭގައި ވަރަށް ހުނަރުވެރި ޑެވެލޮޕަރުންނާއި، އީޖާދީ ވިސްނުން ހުންނަ ބޭފުޅުން ތިބިކަމަށް." ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫ ނިރު އެކްސެލެރޭޓަރ ހެކެތޯނަކީ ޒުވާނުންނަށް ބޭނުންވެފައިވާ ކަންތައްތަކުގައި އެހީ ފޯރުކޮށްދީ ޒުވާނުން ބާރުވެރިކުރުމުގެ ބޭނުމުގައި އުރީދޫއިން ކުރިއަށްގެންދާ ކަމެއްކަމަށްވެސް ނަޖީބް ޚާން ވިދާޅުވިއެވެ.
"އަދި މި ބޭފުޅުންގެ މަސައްކަތްތަށް އިތުރަށް ފުޅާކޮށް، ބައިނއަލްއަޤްވާމީ މާކެޓަށް ގެންގޮސްދިނުމަށް އެހީވާނެ ޕްލެޓްފޯމްތަށް ބޭނުންވާކަމަށް. މިގޮތުން، ވިޔަފާރި ބިނާ ކުރުމަށް ބޭނުންވާ ސީޑް ފަންޑިންގ، ޑިޖިޓަލް ޓޫލްތަށް، މަސައްކަތް ކުރާނެ ތަނެއް، އަދި ވިޔަފާރި ކުރިއެރުމަށް ބޭނުންވާ އެހީތެރިކަމާއި މެންޓަރޝިޕް ނިރު އެކްސެލެރޭޓަރ ޕްރޮގްރާމް މެދުވެރިކޮށް، ބައިވެރިންނަށް ލިބިގެންދާނެ." ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫ ނިރު އެކްސެލެރޭޓަރ ހެކެތޯންގައި ބައިވެރިވުމަށް މިިމަހުގެ 25ގެ ކުރިން އުރީދޫގެގެ ވެބްސައިޓަށް ވަޑައިގެން ރަޖިސްޓްރީކުރުމުން ހެކަތޯންގައި ބައިވެރިވެވޭނޭކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ނިރު އެކްސެލެރޭޓަރ ހެކެތޯނަކީ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ، ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުޞަތު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި، ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ މަޤްޞަދުގައި އުރީދޫން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.