ޚަބަރު

އީޔޫގެ ފަހަތުގައި އޮވެގެން ވެރިކަމަށް އައުމަކީ ޤައުމަށް އޮތް ބޮޑު ނުރައްކަލެއް


ވިލާތުގެ އިއްތިޙާދުގެ ފަހަތުގައި އޮވެގެންް ބަޔަކު ވެރިކަމަށް އަންނަން ކުރާ މަސައްކަތަކީ ދިވެހިރާއްޖެއަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެކަމެއްކަމަށް އައްޝައިޚް ޝަފީއު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޙް ޝަފީޢު ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އީޔޫގެ ފަހަތުގައި އޮވެގެން ވެރިކަމަށް އަންނަ ކޮންމެ ބަޔަކަށްވެސް، އީޔޫގެ ނުފޫޒު ފޯރުވާނޭކަމަށެވެ. އެގޮތުން އީޔޫގެ ޤައުމުތަކުގައި ދީފައިވާ ބޭނުންހާ ދީނަކަށް އުޅުމުގެ މިނިވަންކަމާއި އެއް ޖިންސުން ކައިވެނިކުރުމުގެ މިނިވަންކަން ރާއްޖޭގައި ދިނުމަށް އީޔޫއިން ބާރު އަޅާނެކަމަށް ޝައިޙް ޝަފީއު ވިދާޅުވިއެވެ.

"އީޔޫގެ ބެކިންގ އާއިއެކު ވެރިކަަމަށް ކޮންމެބަޔަކު އަޔަސް އެއީ ނުރައްކަލެއް! އެހެނީ އެމީހުންގެ ބެކިންގއާއިއެކު އަންނަ ބަޔަކަށް އެމީހުން އިމްޕޯސްކުރަން އަންގާ ވެލިއުސްތައް އިމްޕޯސްކުރަން ޕްރެޝާރ ކުރާނެކަމީ ޝައްކެއްއޮތް ކަމެއް ނޫން. އަދި އެފަދަ ބަޔަކަށް އެޕްރެޝާރއަށް ކެތްކުރެވޭނީ ކިހާ ވަރަކަށް ބާއޭ ސުވާލުއުފެދޭ." ޝައިޚްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

އީޔޫގެ އެހީ ހޯދައިގެން ރާއްޖޭގެ ވެރިކަމަށް އައުމަކީ ނުރައްކަލެއްކަމަށް ޝައިޚް ޝަފީއު ވިދާޅުވެފައިވާއިރު، ރާއްޖޭގެ ސިޔާސީ މަސްޜަހުގައި ހިންގާ ކަންކަމާބެހި، ރާއްޖޭގެ ވެރިކަމަށް އެހެން ދީންތަކުގެ މީހުން ގެނައުމަށް އީޔޫއިން ވަނީ ގޮވާލާފައެވެ.