ކުޅިވަރު

ކެރަމް އެސޯސިއޭޝަން ޗެންޕިއަންޝިޕް ކާމިޔާބުކުރީ އަލީ އާޒިމް


ކެރަމް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ އޯޕަން ސިންގަލްސް ޗެންޕިއަންކަން އަލީ އާޒިމް ހޯދައިފިއެވެ.

މިމަހުގެ 13-18 އަށް ކުރިޔަށްގެންދިޔަ މި މުބާރާތުގެ އޯޕަން ސިންގަލްސް ޗެންޕިއަންކަން އާޒިމް ހޯދީ ފައިނަލްގައި އާދަމް އަދީލް އާއި ވާދަކޮށް ކުރި ހޯދައިގެންނެވެ. މުބާރާތުގެ ފިރިހެން ސިންގަލްސް ޗެންޕިއަންކަންވެސް ހޯދީ އަލީ އާޒިމްއެވެ. ފައިނަލްގައި އޭނާ ވާދަކުރީ ހުސައިން ނީޝަމްއާއެވެ.
އަންހެން ސިންގަލްސް ޗެންޕިއަންކަން ހޯދީފާތިމަތު ރަޔާނާއެވެ. ފައިނަލްގައި އޭނާ ވާދަކުރީ އައިމިނަތު ވިދާދުއާއެވެ. މުބާރާތުގެ ފިރިހެން ޑަބަލްސް ޗެންޕިއަކަން ހޯދީ އިސްމާއިލް އަޒްމީން އާއި ހާތިމް ޚަލީލްގެ ޕެއަރއެވެ. އެދެކުޅުންތެރިން އަތުން ފައިނަލްގައި ބަލިވީ ހަސަން ނާޒިމްއާއި މައްޔާޝް ލަތީފްގެ ޕެއަރއެވެ. އަންހެން ޑަބަލްސް ބައިން ޗެންޕިއަންކަން ހޯދީ އައިމިނަތު ވިދާދު އާއި ފާތިމަތު ރަޔާނާގެ ޕެއަރއެވެ. ފައިނަލްގައި އެދެކުޅުންތެރިން ވާދަކުރީ އައިމިނަތު ވިޝާމާ އާއި ފާތިމަތު އިރާޝާގެ ޕެއަރއެވެ.

މި މުބާރާތް ރޭ ނިމުމާއެކު، ވަނަވަނައަށް އައި ފަރާތްތަކަށް ތަށްޓާއި މެޑަލް އަދި ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ.