ޚަބަރު

ފުޅާ ދާއިރާއެއްގައި ލަކުޑީގެ ވިޔަފާރިކުރާ އިބްރާހިމް ހަސަން ޕީޕީއެމްއާ ގުޅިއްޖެ


މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލަކުޑީގެ ވިޔަފާރިކުރާ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އިބްރާހިމް ހަސަން ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ލަކުޑި ސޭޓުގެ ނަމުން މަޝްހޫރުވެފައިވާ އިބްރާހިމް ހަސަން ބުނީ، ޕީޕީއެމްއާ ގުޅުނީ ރައީސް ޔާމީން ރާއްޖެ ތަރައްޤީކުރުމަށް ކުރާ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނާތީކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދެއްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށް އިބްރާހިމް ހަސަން ބުންޏެވެ.

އިބްރާހިމް ހަސަން ޕީޕީއެމްއާ ގުޅިފައިވާއިރު، އޭނާއަކީ ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޢާއިލީ ކޮއްކޮއެއްކަން ފާހަގަކޮށްލެވެއެވެ.