ޚަބަރު

އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކޮށްފި


އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ ތިން މީހުން ހދ.ކުޅުދުއްފުށިން ހައްޔަރުކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ ކޮންޓްރޯލް އޮންނަ ކައުންސިލް އިދާރާގައި އިސްކޮށް އުޅޭ 3 މީހެކެވެ. ކޯޓު އަމުރެއްގެ ދަށުން މިމީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތު ކުޅުދުއްފުށިންނެވެ.

ސިހުރު ހަދާކަމުގެ ތުހުމަތުގައި އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ހައްޔަރުކޮށްފައިވާއިރު މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށްވެސް އެމްޑީޕީން މިފަދަ ކަންތައްތަކެއް ކޮށްފައިވާކަމަށް އެދުވަސްވަރު އެކި ބޭބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ޓެރެރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ ރައީސް ނަޝިދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިފަހުން ރާޅުގަނޑު ސަރަހައްދަށް އެމްޑީޕީގެ އެކްޓިވިސްޓުން އެއްވެ ކަނޑަށް ފާލަން އަޅައި ކާޅު ކޮށިކޮށްޓަށް ލައިގެން އެސަރައްހަދުގައި ދުންބުރުވާ މަގުތަކުގައި ގަންހިނގާ މުލިއާގެ ވަށައިގެން ދުންބުރުވުން ފަދަ ކަންކަން ވަނީ ކޮށްފައެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފައެވެ.