ޚަބަރު

ކޯސްޓްގާޑުން ހޯދަމުން ދިޔަ މީހާ ފެނިއްޖެ


ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަމުން ދިޔަ މީހާ އާއި ދޯނި ފެނިފައިވަނީ މިއަދު 14:05 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑުން، ވައިގެމަގުން ބެލުމަށް ބޭނުންކުރި ޓްރާންސް މޯލްޑިވިއަން އެއަރވޭސްގެ ސީޕްލޭނަކަށްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ނ.ޅޮހިން ފުރައިގެން ދޯންޏެއްގައި އެކަނި ދަތުރުކުރި ނ.ޅޮހީ ފެހިވިނަ އުމުރުން 30 އަހަރުގެ ހުސައިން އަދުނާނު ފެނުނު އިރު އޭނާގެ ހާލު ރަނގަޅެވެ. އޭނާ ފެނިފައިވަނީ ނ. މަނަދޫގެ އިރު އިތުރުން 10 ނޯޓިކަލް މޭލު ބޭރުން އޭނާ ދަތުރުކުރި ދޯނީގައި އޮއްވައެވެ. އޭނާ ދަތުރުކުރި ދޯންޏަކީ 15 ފޫޓްގެ، 06 ހޯސްޕަވަރުގެ އައުޓްބޯޑް ސުޒުކީ އިންޖީނެއް އަޅާފައިވާ ދޯންޏެކެވެ.

މިމީހާ ވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ލޯންޗުގައި މިއަދު މެންދުރު ފަހު 15:30 ހާއިރު ނ.މަނަދޫ އަށް ގެންގޮސްފައެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ ދަންވަރު 2:00 ހާއިރުއެވެ.