ޚަބަރު

ބެގްރީސް ބްރޭންޑްގެ 25 އުފެއްދުމެއް އެސްޓީއޯއިން ތަޢާރަފްކޮށްފި


ކުޑަކުދިންނާއި ސިއްޙަތަށް ބަލައިގެން އުޅޭ މީހުންނަށް ޚާއްޞަ ސީރިއަލް ބްރޭންޑެއް އެސްޓީއޯ ސުޕަމާރޓުން ބާޒާރަށް ނެރެފިއެވެ.

މިއީ އޭޝިޔާގައި މަޝްހޫރުކަން ހޯދަމުން އަންނަ ސިއްހަތަށް ފައިދާ ހުރި ސީރިއަލް ބްރޭންޑެއް ކަމަށްވާ ބެގްރީސް ބްރޭންޑުގެ އުފެއްދުންތަކެކެވެ.

އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި ބެގްރީސް ބްރޭންޑްގެ 25 އުފެއްދުމެއްވަނީ ބާޒާރަށް ނެރެފައެވެ. މީގެތެރޭގައި ކޯން ފްލެކްސްގެ 6 ވައްތަރަކާއި، ކުޑަކުދިންނަށް ހާއްސަ ޗޮކޯސްގެ 2 ވައްތަރަކާއި، އޯޓްސްގެ 8 ވައްތަރަކާއި، މިއުސްލީގެ 7 ވައްތަރެއްގެ އިތުރުން ޗިޔާ ސީޑްސް އާއި ކުއިނޯވެސް ހިމެނެއެވެ.

ބެގްރީސް ބްރޭންޑްގެ ހުރިހާ ބާވަތްތަކަކީވެސް މިވަގުތު ރާއްޖޭގެ ބާޒާރުން ލިބެންހުރި އެންމެ އަގުހެޔޮ އަދި އެންމެ ކޮލެޓީ ރަނގަޅު އެއް ބްރޭންޑްކަންވެސް އެސްޓީއޯއިން ފާހަގަކުރެއެވެ. ބެގްރީސް ބްރޭންޑުގެ ވައްތަރުތައް މިހާރުވެސް ހޯލްސޭލްކޮށް އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާރޓުގެ އިތުރުން އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުންނާއި މާލެ އާއި އަތޮޅުތެރޭގައި ހުންނަ އާންމު ގިނަ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށްވެސްް އެސްޓީއޯއިން މައުލޫމާތުދެއެވެ.

ބެގްރީސް ކުންފުންޏަކީ އިންޑިއާގައި ސީރިއަލް އުފެއްދުމުގެ މަސައްކަތުގައި 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކުންފުންޏެކެވެ.