ޚަބަރު

އެސް ނޯޓް9 އަށް ޕްރީ އޯޑަރ ކުރުމުގެ ފުރުޞަތު!


ސެމްސަންގް ގެލެކްސީ ނޯޓް9 އަށް ޕްރީ އޯޑަރ ކުރުމުގެ ފުރުޞަތު ދިރާގުން ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ ޕޯސްޓް ޕެއިޑް ކަސްޓަމަރުންގެ ތެރެއިން ގެލެކްސީ ނޯޓު9 ގަންނަން ބޭނުންވާ ފަރާތްތަކަށް އިންސްޓޯލްމަންޓަށް 1 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ގަތުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި ފޯނު ގަންނަ ފަރާތްތަކަށް 6 މަސްދުވަސް ވަންދެން މަހަކު ފަސް ޖީބީ ޑޭޓާ ލިބޭނެ ކަމަށެވެ.

ސެމްސަންގް ގެލެކްސީ ނޯޓް9 އަށް ޕްރީ އޯޑަރ ކުރުމުގެ ފުރުޞަތު ދިރާގުން ހުޅުވާލާފައިވާއިރު، ކޮންމެ ކަސްޓަމަރަކަށްވެސް ޕްރީ އޯޑަރ ކުރެވެނީ އެންމެ ފޯނަކަށެވެ. އަދި ގެލެކްސީ ނޯޓު9 ގަންނަން ޕްރީއޯޑަރ ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ކަސްޓަމަރުންނަށް އިސްކަންދޭ ތަރުތީބުން އޭކޭޖީ ބްލޫޓޫތު ސްޕީކަރެއް ހިލޭ ދޭން ނިންމާފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ގެލެކްސީ ނޯޓު9 ގެ ފޯނުތަކުގައި ތަފާތު 3 ކުލައެއް ހުންނައިރު، 128 ޖީބީ އާއި 512 ޖީބީގެ ފޯނު ލިބެންހުރެ އެވެ. ދިރާގުން ބުނީ ފޯނު ވިއްކާ އަގުތަކުގެ މަޢުލޫމާތު ދިރާގުގެ ވެބްސައިޓްގައި ލިބެންހުންނާނެކަމަށެވެ.