ޚަބަރު

އެލައިޑުން 5 ދުވަސް ތެރޭގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި


އެލައިޑް އިންޝުއަރެންސުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 5 ދުވަހުގެ ތެރޭގައި 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް، އެ ކުންފުނިން ހާމަކޮށްފިއެވެ.

އެލައިޑުން ބުނީ އެ ކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން ގެއްލުމުގެ ބަދަލުހޯދުމަށް އެދިފައިވާ ފަރާތްތަކަށް މިމަހުގެ ފަހަކުން ނުވައަކަށް 1 މިލިއަން 73 ހާހަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އެލައިޑުންވަނީ މީގެކުރިން 5 ދުވަހުގެ ތެރޭގައި 5.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ.

އެލައިޑް އިންޝުއަރެންސްއަކީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެލައިޑުން ގެންދަނީ ފުޅާދާއިރާއެއްގައި ރާއްޖޭގައި އިންޝޫރެންސްގެ ޚިދުމަތް ދެމުންނެވެ.