ޚަބަރު

ރޯވި ހުޅުމީދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަލުން ޢިމާރާތް ކުރަނީ!


މިއަހަރުގެ އޭޕްރީލް މަހު ހިގައިދިޔަ އަލިފާނުގެ ޙާދިސާގައި އައްޑޫސިޓީ ހުޅުމީދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ވަރަށް ބޮޑަށް އަނދާ އެތަނަށް ގެއްލުން ލިބިފައިވާތީ އެތަން އަލުން ޢީމާރާތް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ފަށައިފިއެވެ.

ހުޅުމީދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު އަލުން ޢިމާރާތް ކުރަން ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު އެ މިނިސްޓްރީން ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފަ އެވެ.

އަދި މިމަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން މި މަހުގެ 28 ވަނަ ދުވަހު ބާއްވާއިރު މިބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީން ވަނީ އިޢުލާންކޮށްފައެވެ.

އައްޑޫސިޓީ ހުޅުމީދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަކީ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީ އާއި، ހުވަދު އަތޮޅު ހިމެނޭ ގޮތައް ކުރިއަށް ގެންދާ ޞަރަޙައްދީ ކުނި މެނޭޖުކުރުމުގެ މަޝްރޫޢުގެ ދަށުން ޤާއިމްކޮށްފައިވާ ތަނެކެވެ.