ޚަބަރު

ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީފެނި، އިދިކޮޅު ކެނޑިޑޭޓް ވަނީ ބަސްހުއްޓިފައި - ޖަމީލް އުސްމާން


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖެއަށް ގެނެސްދެއްވާފައިވާ ކުރިއެރުމާއި ތަރައްޤީ ފެނި، އިދިކޮޅު ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހް (އިބޫ)ގެ ބަސްހުއްޓި އަޖައިބުވެފައި ކަމަށް ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

ޖަމީލް އުސްމާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބަށް ތާއީދު ހޯދުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ކުރަމުންދާ ދަތުރުތަކުގައި ރައީސް ޔާމީން ގެނެސްދެއްވާފައިވާ ތަރައްޤީއާއި އެމަނިކުފާނަށް ރައްޔިތުން ދެއްވާ ތަރުހީބު ހަމަލޮލަށް ފެނުމުން، އިދިކޮޅު ކެނޑިޑޭޓްގެ ބަސްހުއްޓި މާޔޫސްވެފައިވާ ކަމަށެވެ.

"އެމްޑީޕީގެ ދަތުރުތަކުން ރައީސް ޔާމީންގެ ތަރައްޤީގެ މަޝްރޫއުތައް ހަމަލޮލަށްފެނި. ރައީސް ޔާމީނަށް ރައްޔިތުން ކުރާ ތާއީދު ފެނުމުން. އެމްޑީޕީގެ ކެނޑިޑޭޓް އެވަނީ ބަސްހުއްޓި. އަޖައިބުވެ ވަރަށްބޮޑަށް އިންތިޚާބުން ބަލިވާނެކަން ޔަޤީންވެ މާޔޫސްވެފައި." ޖަމީލް އުސްމާން ވިދާޅުވިއެވެ.

އޭނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީން އަދިވެސް ގެންގުޅެނީ ކުރިންވެސް އެމީހުން ގެންގުޅުނު ރައްޔިތުންގެ ކުންފުނިތައް ވިއްކާލުމުގެ ސިޔާސަތު ކަމަށެވެ. އެގޮތުން އެފަދަ ކުންފުނިތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން ނިކަމެތިކޮށްލުމަށްފަހު، ވަކިބަޔަކަށް ޤައުމު ބަރޯސާވާ ގޮތަށް އެ ސިޔާސަތު ރާވަފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ރައްޔިތުންގެ ޕަބްލިކް ކުންފުނިތައް ކުރިންވިއްކާލި ގޮތަށް ނައްތާލާ އިނދަޖައްސާލަން އެމްޑީޕީން ރާވާ ސިޔާސަތަކީ އެފަދަ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ދިވެހިން ނިކަމެތިކޮށް ބިކަކޮށްލުން, އެއީ ވަކި ބަޔަކަށް ޤައުމު ބަރޯސާ ކުރުމަށް ރާވާ ރޭވުމެއް" އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ތަރައްޤީ ގެނެސްދެއްވަނީ ވަކިރަށަކަށް ނޫންކަމާއި މުޅި ޤައުމަށްވެސް އެމަނިކުފާނު ތަރައްޤީ ގެނެސްދެއްވަމުންދާކަން ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެގޮތުން ރައީސް ޔާމިން ކުރިއަށް ގެންގޮސްފައިވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ސިނަމާލެ ބުރިޖާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި ރަށްރަށުގެ ބަނދަރުތަކާއި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.