ޚަބަރު

ރިޔާސީ ކެނޑިޑޭޓުންގެ ނަން ތަރުތީބުކުރުން ހޮނިހިރު ދުވަހު


ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުން އަންނަ ހޮނިހިރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންިތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެނޑިޑޭޓް ނަންބަރު ތަރުތީބުކުރުމަށްޓަކައި ބާއްވާ ގުރުއަތުލުން މިމަހުގެ 18 ވާ ހޮނިހިރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައު ޖަމާލުއްދީން ގައި ޤާއިމުކޮށްފައިވާ އިންތިޚާބީ މަރުކަޒުގައި ހޮނިހިރު ދުވަހު ހެނދުނު 10:30 ގައި ކަމަށް އެކޮމިޝަނުން ބުނެއެވެ.

ޤާނޫނުއަސާސީގެ 110 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ގުރުއަރު ނެގުން ބާއްވަންޖެހެއެވެ.

މިހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަހަކުރައްވަނީ ޕީޕީއެމްގެ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިޙާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކުން ދަނީ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންނެވެ.