ޚަބަރު

"އަޅުގަނޑަކީ ވެރިކަމާ ތޮޅޭނެ މީހެއް ނޫން، ކުރާނީ ދީނީ މަސައްކަތް"


ރައީސް ޔާމީންގެ ވެރިކަމާ ނުތޮޅޭނެ ކަމަށާއި، ކުރާނީ ދީނީ މަސައްކަތްތަކެއްކަމަށް ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ފުވައްމުލަށް ސިޓީއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މާލެގަން އަވަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޑރ. ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ރަނިންގމޭޓްގެ ގޮތުގައި ކެމްޕެއިން ހަރަކާތްތައް ފެށުމާއެކު، ޖަލަށް ނުގޮސް އެމަޤާމުގައި ހުރެވިދާނެތޯ ވަރަށް ގިނަ މީހުން ސުވާލު ކުރަމުންދާކަމަށެވެ. މި ސަރުކާރުގެ ކުރީގެ ނާއިބުރައީސުންގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއް ކުރެވުނީ ވެރިކަމާ ތޮޅެންފެށައި ޤާނޫނާ ޚިލާފުވުމުން ކަން އިޝާރާތް ކުރައްވައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެމަނިކުފާނަކީ ވެރިކަމުގެ ލައްޒަތަށްޓަކައި، ވެރިކަމާ ތޮޅޭނެ ބޭފުޅެއް ނޫންކަމަށެވެ.

އެއާ ޚިލާފަށް އެމަނިކުފާނަކީ ދީނީ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއްކަމަށާއި، ދީނީ ކަންކަމުގައި ރައީސް ޔާމީނާ ޚިޔާލު ތަފާތު ނުވާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރާހާ ހިނދަކު ޖަލަށް ވަންނަން ނުޖެހޭނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ފަހަރެއްގަ ތިއަޔިން ބޭފުޅެއްގެ ހިތްޕުޅުގައި ވެސް ސުވާލު އުފެދިދާނެ ކިތަށް ދުވަހު އަޅުގަނޑު ހުންނާނީ. އަޅުގަނޑު މިއުޅެނީ މި ސިޔާސީ ހުރިހާ ކަމެއް ދިޔަ އިރުވެސް މިކަމުގެ ތެރޭގައި، އަޅުގަނޑަށް އެނގޭ ކިހިނެތް ވެގެންކަން ކާކު ޖަލަށް ވަންނަށް ޖެހުނީ. އަޅުގަނޑުމެންނަކީ އެމަނިކުފާނު ވެރިކަމުގެ މާލަށް މަސައްކަތް ކުރާނެ ބައެއްވެސް ނޫން އަދި ވެރި ކަމާ ތޮޅޭނެ ބައެއް ވެސް ނޫން." - ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށު ގިނަ އަވަށްތަކުގެ ރައްޔިތުންނާވަނީ ބައްދަލުކުރައްވާފައެވެ.