ޚަބަރު

ކުރިއަށްއޮތް 3 ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


ކުރިއަށްއޮތް 3 ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރަކަމަށެވެ. އެގޮތުން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް 13 މޭލާއި 23 މޭލާ ދެމެދުގައި ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

މީގެއިތުރުން ކުރިއަށްއޮތް 3 ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުންވެސް އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

ކުރިއަށްއޮތް 3 ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު، ޢީދު ބަންދާ ދިމާކޮށް ދަތުރުފަތުކުރުން އިތުރުވާނެތީ ދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތީކަންކަން ބެލުމުގެ މަސައްކަތް ސިފައިން ގެންދަނީ ކުރަމުންނެވެ.