ޚަބަރު

ފައިނަލިސްޓުންނާއެކު ބިޒްނަސް އެވޯޑްގެ ޖަޖިންގ މަސައްކަތް ފަށައިފި


ފައިނަލިސްޓުންނާއިއެކު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ޖަޖިންގ މަސައްކަތްތައް ފަށައިފިއެވެ.

މުޅި ޖުމްލަ 3 ކެޓަގަރީއަކުން ބިޒްނަސް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެންޓަޕްރައިސް އެކްސެލެންސް އެވޯޑާއި އިންޑިވިޖުއަލް އެކްސެލެންސް އެވޯޑްގެ އިތުރުން އިންޑަސްޓްރީ އެކްސެލެންސް އެވޯޑެވެ.

އިވެންޓް އިންތިޒާމްކުރާ ބްލޭޒަންއިން ބުނީ އިންޑިވިޖުއަލް އެކްސެލެންސް ފިޔަފާ އެހެން ކެޓަގަރީތަކުގެ ފައިނަލިސްޓުން ކަނޑައެޅިގެންދާނީ ޕްރެޒެންޓޭޝަންގެ އިތުރުން އިންޓަވިއުއިން ލިބޭ މާރކްސްއަށް ބެލުމަށް ފަހުއެވެ. އަދި އިންޑިވިޖުއަލް އެކްސެލެންސާއި އެންޓަޕްރައިޒް އެކްސެލެންސް ކެޓަގަރީގެ ފައިނަލިސްޓުންގެ ތެރެއިން އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ އާންމުންގެ ވޯޓާއެކުލިބޭ މާރކްސްއަށް ބެލުމަށްފަހުކަމަށެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްގެ ފައިނަލިސްޓުން އިޢުލާންކޮށްފައިވަނީ މިމަހުގެ ކުރީކޮޅުއެވެ. ރާއްޖޭގައި ދެވޭ ފުރަތަމަ ބިޒްނަސް އެވޯޑްސްގައި 20 އެވޯޑެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. ޖަޖިންގެ މަސައްކަތް ކޮށްފައިވަނީ ހުރިހާ ދާއިރާއެއްގެ ތަޖުރިބާކާރު ފަރާތްތައް ހިމެނޭހެން 9 ދިވެހިން ހިމެނޭ ޖަޖިންގެ ޕެނަލަކުންނެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑްގެ ގާލާ އިވެންޓް އޮންނާނީ މިމަހުގެ ފަހުކޮޅުއެވެ.