ޚަބަރު

ފިޓްނަސްއާ ގުޅުންހުރި ކޯސްތަކެއް މެޕްސް ކޮލެޖުން ތަޢާރަފްކޮށްފި


މެޕްސް ކޮލެޖުން ފިޓްނެސްއާ ގުޅުންހުރި މުޅިން އާ ދެ ކޯހެއް ތަޢާރަފްކޮށްފިއެވެ.

މެޕްސް ކޮލެޖުން މުޅިން އަލަށް ތަޢާރަފްކުރި 2 ކޯހަކީ ސެޓްފިކެޓް ލެވެލް 3ގެ އެރޯބިކްސް އިންސްޓްރަކްޓަރ ކޯހަކާއި، އެޑްވާންސް ސަރޓިފިކެޓް ލެވެލްގެ ފިޓްނެސް އިންސްޓްރަކްޓަރ ކޯހެކެވެ. މެޕްސް ކޮލެޖުން ބުނީ މިދެކޯހަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ދެކޯސްކަމަށާއި މިއީ 3 މަސްދުވެހުގެ ކޯސްތަކެއްކަމަށެވެ.

މެޕްސް ކޮލެޖުން ބުނީ އެކޮލެޖުން އަލަށް ތަޢާރަފްކުރި ކޯސްތަކަކީ ފިޓްނަސް ދާއިރާއާ ގުޅުންހުރި ފަރާތްތަކަށް ވަރަށް މުހިންމު ކޯސްތަކަކަށް ވާނެކަމަށެވެ.

މެޕްސް ކޮލެޖް އުފައްދާގައިވަނީ 1999 ވަނަ އަހަރުއެވެ. އެކޮލެޖުމް މިހާރު ގެންދަނީ ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ފެންވަރަށް ކިޔަވައިދެމުންނެވެ.