 
										
			މުހިއްމު މަސައްކަތްތަކެއް ކުރުމަށްޓަކައި ބެންކު އޮފް މޯލްޑިވްސްގެ ބައެއް ޚިދުމަތްތައް މިރޭ 1:30 އިން ފެށިގެން މެންދަމު 3:30 އަށް މެދުކެނޑޭނެކަމަށް ބެންކު އޮފް މޯލްޑިވްސްއިން ބުނެފިއެވެ. 
ބެންކު އޮފް މޯލްޑިވްސްއިން ބުނީ މެއިންޓަނަންސް މަސައްކަތަކަށް މެދުކެނޑޭނީ ބީއެމްއެލްގެ އޭޓީއެމް، ކާޑު ސަރވިސް، ޕީ.އޯ.އެސް މެޝިން، ޑޮލަރު އޮންލައިންކޮށް ބުކްކުރުން، ޕޭމަންޓް ގޭޓްވޭ، މޮބައިލް ޕޭ، އިންޓަނެޓް އަދި މޮބައިލް ބެންކިންގ ޚިދުމަތްތައްކަމަށެވެ. 
ބެންކު އޮފް މޯލްޑިވްސްއިން ބުނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށެވެ.