ޚަބަރު

ހިޔާ މަޝްރޫޢުގެ ފޯމް ފުރުމަށް ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވެދީފި


ހިޔާ މަޝްރޫއުގެ ފޯމު ފުރުމަށް އެހީތެރިވުމުގެ ޕްރޮގްރާމެއް ސްރީލަންކާގައި ބާއްވައިފިއެވެ.

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ޙަރަކާތުގައި ހިޔާ މަޝްރޫޢުގެ ފޯމު ފުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މިމަޝްރޫޢާބެހޭ އިތުރު މައުލޫމާތު ދިނުންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ހައުސިންގ މިނިސްޓްރީގެ ފަންނީ ބޭފުޅުން ބައިވެރިވި މިޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ސޯސަންވިލާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައިކަމަށް ދިވެހި އެމްބަސީން މަޢުލޫމާތުދެއެވެ. މިހަރަކާތުގައި ސްރީލަންކާގައި ދިރިއުޅޭ ގިނަޢަދަދެއްގެ ދިވެހިން ވަނީ ބައިވެރިވެފައެވެ.

ބޯހިޔާވަހިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން ފަށްޓަވާފައިވާ ހިޔާ މަޝްރޫޢާބެހޭ މަޢުލޫމާތުދިނުމަށް ޕްރޮގްރާމެއް ލަންކާގައި ކުރިއަށްގެންގޮސްފައިވާއިރު، ހިޔާ މަޝްރޫޢުގެ ފޯމް ބަލައިގަތުންވެސް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ކުރިއަށްގެންދެއެވެ.