ޚަބަރު

ބިޒްނަސް އެވޯޑުގެ ޕާޓްނަރުންނާއެކު ރަސްމީކޮށް ސޮއިކޮށްފި


މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ރަސްމީކޮށް ސޮއިކޮށްފިއެވެ.
މޯލްޑިވްސް ބިޒްނަސް އެވޯޑައަކީ ޕަބްލިކް ރިލޭޝަންއާއި، މަރކެޓިންގ އަދި ބިޒްނަސް ޑިވެލޮޕްމަންޓްގެ ޙިދުމަތްފޯރުކޮށްދޭ އަމިއްލަ ކުންފުންޏެއްކަމަށްވާ ބްލޭޒް އިންކުން އިސްނަގައިގެން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.
މިއެވޯޑަކީ ފިޔަފާރިކުރާ ފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށް ހިތްވަރުދީ، ވިޔަފާރިވެރިންދޭ ޚިދުމަތްތައް ޤަބޫލުކުރެވޭ ރަނގަޅު ފެންވަރަކަށް ގެންދިއުމަށް ހިތްވަރުދިނުމަށްދޭ އެވޯޑެކެވެ.
"މޯލްޑިވްސް ބިސްނަސް އެވޯޑް 2018"ގެ ޓައިޓަލް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯއެވެ. އަދި މީގެއިތުރުން އިތުރު ފަސް ކުންފުންޏެއް ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައިވާއިރު، އެންޑޯސްމަންޓް ޕަރޓްނަރުންންގެ ގޮތުގައި 11 ކުންފުންޏެއް އަދި ޕަރޓްނަރުންގެ ގޮތުގައި 13 ކުންފުންޏެއްވަނީ ހަމަޖައްސާފައެވެ.
ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޕްރެވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑްގެ ރަޢީސް މުޙައްމަދު ނިޒާރު ވިދާޅުވީ މިފަދަ އެވޯޑަކަށް ސަތޭކައަށްވުރެ ގިނަ ފަރާތުން ކުރިމަތިލުމަކީ، ވިޔަފާރީގެ މިންގަނޑުތަކަށް ވިޔަފަރިތައް ފެއްތުމަށް ދިވެހި ވިޔަފާރިވެރުން ކުރަމުންދާ މަސައްކަތް ހާމަވެގެންދާކަމަށެވެ. އަދި މިގޮތަށް މިންގަނޑެއްގައި ހިފެހެއްޓޭނަމަ ބޭރުގެ ކުރިއަރާފައިވާ ވިޔަފާރިތަކާއި އެއްހަމައެއްގައި ދިވެހި ވިޔަފާރިތަކަށް ފައިހަމަކުރެވޭނަކަމަށެވެ.
ސްޕޮންސަރުންނާއި ޕަރޓްނަރުންނާއިއެކު ސޮއިކުުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ "މޯލްޑިވްސް ބިސްނަސް އެވޯޑް 2018"ގެ ރަމްޒީ އެވޯޑް ދައްކާލާފައިވެއެވެ. މި އެވޯޑް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖެއިން ނޫނީ އާއްމުކޮށް ނުފެންނަ ބާވަތެއްގެ މިޔަރެއްކަމަަށްވާ ފެހުރިހި ރަމްޒުވާގޮތަށެވެ.
އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު ހަމަވެފައިވާއިރު، މިހާރު ކުރިއަށްދަނީ ޚާއްސަ ޖަޖިންގ ޕެނަލަކުން އެވޯޑް ލިބޭ ފަރާތްތައް ޝޯޓް ލިސްޓްކުރުމުގެ މަސައްކަތެވެ. މި އެވޯޑައެދި ސަތޭކަ ފަރާތަކުންވަނީ ކުރިމަތިލާފައެވެ.
ބްލޭޒް އިންކުން ބުނެފައިވަނީ ޝޯޓް ލިސްޓްވާ ފަރާތްތަކުން އެވޯޑް ލިބޭ ފަރާތްތައް ހޮވާނީ، މަސައްކަތްތާއި ގުޅޭގޮތުން އެފަރާތްތަކުންދޭ ޕްރެސެންޓޭޝަންތަކަށްވެސް ބެލުމަށްފަހުކަމަށެވެ.