ޚަބަރު

ސިޔާސީ ހަރަކާތްތަކުގައި ސަރުކާރުން ސިފައިން ބޭނުމެއް ނުކުރޭ- ޑިފެންސް މިނިސްޓަރ


ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ހަރަކާތްތަކުގައި ދިވެހި ސިފައިން ބައިވެރިކުރަމުންދާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ސަރުކާރުން ދޮގު ކޮށްފިއެވެ.

ޖުމްހޫރީ ޕާޓީން އިއްޔެ ބޭއްވި ޕްރެސްކޮންފަރެންސްގައި، ޕީޕީއެމުން މާލޭގައި ދިދަ ފަތިތައް ދެމުމަށާއި، އެނޫންވެސް ކެމްޕެއިން ހަރަކާތްތަކުގައި ސިފައިން ބޭނުންކުރަމުންދާކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަށް ރައްދު ދެއްވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ އެއީ ހަޤީޤަތާ ޚިލާފް ދޮގު ވާހަކަތަކެއް ކަމަށެވެ. މިނިސްޓަރ ވަނީ، ސިފައިންގެ ކަރާމާތް ގެއްލޭގޮތަށް ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ އެއްވެސް ސިޔާސީ ހަރަކާތެއްގައި ސިފައިންނަށް ބައިވެރި ނުވެވޭނެ ކަމަށާއި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ފިޔަވަޅު އަޅުއްވާނެކަމަށެވެ.