ޚަބަރު

"ޖަޒީރާ ރާއްޖެ" ޝިޢާރަކީ "އަނެއް ދިވެހިރާއްޖެ" ފަދަ ޙީލަތެއް - ޑރ.ޝަހީމް


އިދިކޮޅު ފަރާތްތަކުން ޖަޒީރާ ރާއްޖޭގެ ނަމުގައި ކުރިއަށްގެންދާ، ކެމްޕެއިނުގެ ޝިއާރަކީ މީގެ ކުރިންވެސް އަނެއް ދިވެހިރާއްޖޭގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ދިވެހިންގެ ފިކުރާ ކުޅެ ދިވެހިންގެ ސިކުނޑި ދޮވެލުމަށް ބޭނުންކުރި ޙީލަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިންމޭޓު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްގެ "އެންމެ ފުރަތަމަ ޤައުމު" މިޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. އިދިކޮޅު ކެނޑިޑޭޓް ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ދެއްކެވި ބައެއް ވާހަކަތަކަށް އިޝާރާތްކުރައްވައި ޑރ.ޝަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ހުރިހާވެސް ބޭނުމަކީ ދިވެހި ރާއްޖެ އަޅުވެތިކުރުންކަމަށާއި އަދި ދިވެހި ދައުލަތުގައި އެހެން ފޭރާމެއް އެޅުވުމަށްކަމަށެވެ. އެކި އެކި ނަންނަމުގައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މިމަސައްކަތުގެ ޙަޤީޤީ ބޭނުމަކީ ދިވެހިންގެ އަޤީދާއާއި ސިކުނޑިއާ ކުޅުމަށްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމުގައި ޑރ.ޝަހީމުވަނީ އިދިކޮޅު ފަރާތްތަކުން އިސްލާމްދީނާ ދެކޮޅަށް ކުރާ ބައެއް މަސައްކަތްތަކަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. އަދި އެންމެން އެކަތިގަނޑަކަށްވެ ރައީސްޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުކޮށްދިނުމަށް މަސައްކަތްކުރުމަށް ޑރ.ޝަހީމްވަނީ ދިވެހިރައްޔިތުންނަށް ގޮވާލައްވާފައެވެ.