ކުޅިވަރު

އެފްއޭއެމުގެ ކޮމްޕެޓިޝަން ހެޑަކަށް އައްސަދު


ޤައުމީ ފުޓްބޯޅަ އިދާރާގެ މުބާރާތްތައް ރާވައި ހިންގާ ސެކްޝަން ކުރީގެ ކެޕްޓަން އައްސަދު އަބުދުލްޣަނީއާ ހަވާލުކޮށްފިއެވެ.

އިތުބާރުހުރި ގޮތަކަށް ކަށަވަރުވެފައިވާ ގޮތުގައި އައްސަދު މިހާރު ވަނީ އޮފީހަށް ނުކުމެ މަސައްކަތާ ވެސް ހަވާލުވެފައެވެ. މިހާތަނަށް ކޮމްޕެޓިޝަން ޑިޕާޓްމަންޓް ހިންގަމުން ގޮސްފައިވަނީ އެފްއޭއެމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ އިސްމާއީލް ނާޖީއެވެ.
ކުލަބު ވެލެންސިއާ އަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު އައްސަދަކީ ގައުމީ ޓީމުގެ ކެޕްޓަން ކަމުގެ އިތުރުން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކޮށްފައިވާ މީހެކެވެ. އޭނާ ވަނީ މީގެ ކުރިން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑްކޯޗުކަމާއި އެފްއޭއެމުގެ އެކްސްކޯ މެމްބަރުކަން ވެސްކޮށްފަ އެވެ.