ކުޅިވަރު

ދެ ކެޓަގަރީއަކުން 1 ވަނަ ޏ.އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފި


މިއަދު ފުވައްމުލަކުގައި ނިމުނު 21 ވަނަ މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގެ 2 ކެޓަގަރީއަކުން 1 ވަނަ ޏ.އަތޮޅު ތައުލީމީމަރުކަޒު ހޯދައިފިއެވެ.

ޏ.އަތޮޅު ތައުލީމީ މަރުކަޒު 1 ވަނަ ހޯދީ 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިންނާއި، 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިންނެވެ. 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ހާފިޒު އަހުމަދު ސްކޫލެވެ. 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ އައްޑޫ ހައި ސްކޫލެވެ.
13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ހާފިޒު އަހުމަދު ސްކޫލެވެ. މިއުމުރުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ހދ.އަތޮޅު ތައުލީމީ މަރުކަޒެވެ

މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތްލީޓަކީ މަރަދޫފޭދޫ ސްކޫލްގެ އާއިޝަތު ޝައިމް ޢަޒީޒުއެވެ. ފިރިހެން އެންމެ މޮޅު އެތްލީޓަކީ ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު އީހަމް ހަމްޒާއެވެ.

15 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތްލީޓަކީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ އިބްރާހީމް ރާފިލް ވާފިރެވެ. އަންހެން އެންމެ މޮޅު އެތްލީޓަކީ ޝަރަފުއްދީން ސްކޫލްގެ މަރްޔަމް އަލްހާ ހުސައިންއެވެ.

17 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތްލީޓަކީ އައްޑޫ ހައި ސްކޫލްގެ މުޖާހިރު ޒިޔާދު މުޙައްމަދެވެ. މިއުމުރުގެ އަންހެން އެންމެ މޮޅު އެތްލީޓަކީ އައްޑޫ ހައި ސްކޫލްގެ ޢާއިޝަތު ހިމްނާ ހަސަންއެވެ.

އެތްލެޓިކްސް މީޓް ކުރިއަށް ގެންދިޔައީ މިމަހުގެ 23 ން މިއަދުގެ ނިޔަލަށެވެ.