ވިޔަފާރި

މާލެއާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމަށް ޗައިނާގެ އެހީ ލިބޭނެކަން ޔަގީން









 


މާލެއާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމަށް ޗައިނާ ސަރުކާރާއި ކުންފުނިތަކުގެ އެހީ ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރާއްޖޭގެ ޚާރިޖީވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.


 
ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގެ އެއަރޕޯޓްގައި އެމްބީސީ ނިއުސްއާ ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ، މާލެ- ހުޅުލެ ބްރިޖްގެ މަސައްކަތަށް ޗައިނާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އޮތްނަމަވެސް ބްރިޖްގެ މަސައްކަތް ހަވާލުކުރާނީ ޗައިނާގެ ކުންފުޏަކާކަން ދަންނަވަން އަދި އަވަސްކަމަށެވެ. އެކަމާގުޅޭ މަޝްވަރާތައް ކުރިއަށްދާކަމަށާއި، އަވަސް ތާރީޚެއްގައި އެކަމުގައިވެސް ގޮތެއް ނިމިގެން ދާނެކަމަށް ދުންޔާ ވިދާޅުވިއެވެ.


 
މިނިސްޓަރ ވިދާޅުވީ، ބްރިޖްއެޅުމަށް ޗައިނާގެ އިތުރު ކުންފުނިތަކުން އަދިވެސް ޝައުގުވެރިކަން ފާޅުކުރަމުންދާކަމަށާއި،


ބްރިޖްގެ އިތުރުން އުމްރާނީ ތަރައްޤީގެ އެހެނިހެން މަޝްރޫއުތަކަށްވެސް ޗައިނާގެ ހުނަރުވެރި ބޮޑެތި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.


 
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޔާމީން ޗައިނާ އާއި ޖަޕާން ކުރެއްވި ދަތުރުފުޅުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިންވެސް އެންމެ އިސްކަމެއް ދެއްވައިގެން މަޝްވަރާކުރެއްވީ ބްރިޖްގެ މަޝްރޫއަށްކަމަށެވެ.


 



ރައީސް ޔާމީން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ ބޮޑެތި ކުންފުނިތަކުން ބްރިޖްގެ ތަފްސިލީ ޕްރޮޕޯސަލްތައް ހުށައަޅުއްވާ މަޝްވަރާ ކުރައްވާފައިވެއެވެ.