ޚަބަރު

ސްޕޭންގެ "މޮސެމްސާ" ބްރޭންޑުގެ ސެންޓު ރާއްޖެއަށް ތަޢާރަފްކޮށްފި


ސްޕޭންގެ މަޝްޙޫރު އުފެއްދުމެއް ކަމަށްވާ "މޮސެމްސާ" ބްރޭންޑުގެ ސެންޓު ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސެންޓާއި ބޮޑީސްޕްރޭއާއި ކޮސްމެޓިކްސްގެ ވިޔަފާރިކުރަމުން އަންނަ ޕޮއިޒް ފިހާރައިން ތަޢާރަފްކުރި މޮސެމްސާ ބްރޭންޑުގެ ސެންޓަކީ ސެޕޭންގެ ބާސެލޯނާގެ އުފެއްދުމެކެވެ.
މޮސެމްސާ ބްރޭންޑުގެ ސެންޓު ތަޢާރަފްކުރުމަށް ޕޮއިޒް ފިހާރާއިގައި ބޭއްވި ރަސްމިއްޔާތެއްގައި މިބްރޭންޑުގެ ފިރިހެން ސެންޓު ތަޢާރަފްކޮށްދެއްވީ ދިރާގުގެ މާރކޓިންގ ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް އެސޯސިއޭޓް މުޙައްމަދު ޙިސާނެވެ.

މިބްރޭންޑުގެ އަންހެން ސެންޓު ތަޢާރަފްކޮށްދެއްވީ ރާއްޖޭގޭ މަޝްޙޫރު ފިލްމީ ތަރި ޝީލާ ނަޖީބެވެ. ޕޮއިޒް ފިހާރައިގެ ސޭލްސް އެންޑް މާރކެޓިންގ އެގްޒެގެޓިވް އަބްދުﷲ ޙުޝާމް ވިދާޅުވީ، އަންހެނުންނާއި ފިރިހެނުންނަށް ޚާއްސަ މޮސެމްސާ ބްރޭންޑުގެ ސެންޓަކީ ގިނަ އިރު ވަސް ހުންނަ ހައި ކޮލިޓީ، އެލާރޖީ ފްރީ ސެންޓެއް ކަމަށެވެ.

ހުޝާމް ވިދާޅުވީ، މޮސެމްސާ ބްރޭންޑުގެ ސެންޓު އެކަށީގެންވާ ހެޔޮއަގެއްގައި ޕޮއިޒް ފިހަރާއިން ލިބެން ހުންނާނެ ކަމަށެވެ. ޕޮއިޒް ފިހާރައިން އަންނަނީ ދުނިޔޭގެ ތަފާތު ބްރޭންޑުތަކުގެ ސެންޓާ ބޮޑީ ސްޕްރޭ ރާއްޖެއަށް ތަޢާރަފްކުރަމުންނެވެ.