ޚަބަރު

"ދިވެހި ފިލްމް އެވޯޑްސް 9" ޑިސެމްބަރުމަހު


"ދިވެހި ފިލްމު އެވޯޑްސް 9" ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އެވޯޑަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ އެވޯޑެކެވެ.

2017 ވަނަ އަހަރު ނެރެފައިވާ ފިލްމުތަކަށް ޚާއްސަކޮށްގެން ދޭ މިއެވޯޑު ދިނުމުގެ ޖަލްސާ ޑިސެމްބަރމަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިކަމަށް އެންސީއޭ އިން ބުނެއެވެ. އެގޮތުން "ދިވެހި ފިލްމު އެވޯޑްސް 9" ގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުޞަތު 24 ޖުލައި އިން ފެށިގެން 30 އޯގަސްޓްވާ ބުރާސްފަތި ދުވަހުގެ 13:30 އާހަމައަށް ވަނީ ހުޅުވާލާފައެވެ.