ޚަބަރު

ރާއްޖެ އަންނަ ބަންގްލަދޭޝް މީހުންގެ ދާގީނާ ފާސްކުރަނީ


ރާއްޖެއަށް އަންނަ ބަންގްލަދޭޝް ރައްޔިތުންގެ ފޮށިތަންމަތި ކަސްޓަމްސްއިން ޗެކް ކުރަންފަށައިފިއެވެ.

ކަސްޓަމުން ބުނެފައިވަނީ މިގޮތަށް ޗެކްކުރަމުންދަނީ ވޭތުވެދިޔަ ދެމަހެއްހާ ދުވަހުގެތެރޭގައި، ރާއްޖެއަައި ބަންގްލަދޭޝް މީހުންގެ އަތުން މަސްތުވާ ތަކެތި ފެންނަ މިންވަރު އިތުރުވެފައިވާތީ، އެކަން ކޮންްޓްރޯލްކުރުމުގެ ގޮތުންކަމަށެވެ.

މިކަމާއި ގުޅޭ މަޢުލޫމާތުދެއްވަމުން ކަސްޓަމްސްގެ ސީނިއަރ ސުޕްރިންޓެންޑެންޓް އަޙްމަދު ނިޒާޔު ވިދާޅުވީ، ބަންގްލަދޭޝްއިން ރާއްޖެ އަންނަ މީހުންގެ ތެރެއިން ޗެކްކުރަނީ ވޯރކްވިސާގައި ރާއްޖެ އެތެރެވާ ބަންގްލަދޭޝް ރައްޔިތުންގެ ފޮށިތަންމަތިކަމަށެވެ. އެގޮތުން މިފަދަ ހުރިހާ ފަރާތްތަކެއްގެ ފޮށިތަންމަތި ސްކޭންކޮށްގެން ޗެކްކުރަމުން އަންނައިރު، ފޮށިތަންމަތި ހުޅުވައިގެންވެސް ބަލަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ބަންގްލަދޭޝްއިން އެތެރެކުރާ މަސްތުވާތަކެތީގައި ގިނައިން ހުންނަނީ ރާއްޖެ އަންނަ ކޮންމެވެސް މީހަކާއި ޙަވާލުކޮށް ފޮނުވާ ތަކެތިކަން ފާހަގަވެފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ.
ވޭތުވެދިޔަ ހަފުތާއިން ފެށިގެން ކަސްޓަމްސްއިންވަނީ ބަންގްލަދޭޝްއިން ވޯރކްވިސާގައި ރާއްޖެ އަން ނަ މީހުންގެ ފޮށިތަންމަތިބަލާ ފާސްކުރަންފަށާފައެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ މީގެކުރިންވެސް މިފަދަ އޮޕަރޭޝަންތައް ކަސްޓަމްއިން ހިންގަމުން އަންނަކަމަށެވެ. އެގޮތުން މީގެކުރިންވެސް ބައެއް ޤައުމުތަކުން ޕާރޓީ ޑްރަގްސް ފަދަ މަސްތުވާތަކެތީގެ ބާވަތްތައް އެތެރެކުރާ މިންވަރު އިތުރުވެ އެކަން ފާހަގަވެގެން، މިފަދަ އޮޕަރޭޝަންޓައް ހިންގާފައިވާކަމަށެވެ.

ބަންގްލަދޭޝްއަކީ ވޯރކްވިސާގައި ރާއްޖޭގައި މަސައްކަތް ކުރުމަށް އެންމެ ގިނައިން މީހުން އަންނަ އެއް ޤައުމެވެ.