ޚަބަރު

ހައިކޯޓުގެ ފަނޑިޔާރު ކަމަށް 2 ބޭފުޅަކު ޢައްޔަންކުރަން ނިންމައިފި


ހައިކޯޓުގެ ފަނޑިޔާރު ކަމަށް އަލްއުސްތާޛު މުޙައްމަދު ފައިޞަލް އާއި، އަލްއުސްތާޛު ޙުސައިން ޝަހީދު ޢައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން މިގޮތަށް ނިންމީ، މިއަދު ބޭއްވި އެކޮމިޝަންގެ މިއަހަރުގެ 33 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް ބ.ފުޅަދޫ ވީނަސް އަލްއުސްތާޛު މުޙައްމަދު ފައިޞަލްއާއި، ސ.ހިތަދޫ ބާޒީގެ އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަނުކުރުމަށް ނިންމާފައިވާ ކަން އެކޮމިޝަނުންވަނީ ހާމަކުރައްވައެވެ.

އަލްއުސްތާޛު ޙުސައިން ޝަޙީދަކީ، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކްރިމިނަލް ކޯޓުގެ ޤާޒީކަން ކުރައްވަމުން ގެންދަވާ ޤާޒީއެކެވެ. އަލްއުސްތާޛު މުޙައްމަދު ފައިސަލަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބް ރައީސްގެގޮތުގައި މިހާތަނަށް ހުންނެވި ބޭފުޅާއެވެ.