ކުޅިވަރު

އޯޕަންސް ޗެމްޕިއަންކަން ފާއިހު ފަޒީލް އަދި ޒެއިނާ އަބުދުއްރަޝީދު ހޯދައިފި


ދެވަނަ އައިލެންޑް އޭވިއޭޝަން ސާރވިސް މޯލްޑިވިއަން ޓެނިސް ޗެންޕިއަންޝިޕްގެ އޯޕަންސް ޗެމްޕިއަންކަން ފާއިހު ފަޒީލް އަދި ޒެއިނާ އަބުދުއްރަޝީދު ހޯދައިފިއެވެ.

މި މުބާރާތުގެ ފިރިހެން އޯޕަންސް ޗެންޕިއަންކަން ފާއިހު ފަޒީލް ހޯދީ ފައިނަލްގައި އިގްނާޒް މަންސޫރުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަބްދުﷲ ފާއިހް ފަޒީލް އާއި ހުސެއިން ނާޒިފްގެ ޕެއަރއެވެ. ސާޅިސް ފަސް އަހަރުން މަތީގެ ކެޓަގަރީން ޗެންޕިއަންކަން ހޯދީ އަހުމަދު ރަޝީދުއެވެ.

މުބާރާތުގެ އަންހެން އޯޕަންސް ޗެމްޕިއަންކަން ޒެއިނާ އަބުދުއްރަޝީދު ހޯދީ ފައިނަލްގައި އަޔާނީ މޫސާ ކަލީމް ބަލިކޮށްގެންނެވެ. އަންހެން ޑަބަލްސް ޗެންޕިއަންކަން ހޯދީ ޒެއިނާ އަބްދުއް ރަޝީދު އާއި އައިމިނަތު އިރުފާ މާހިރުގެ ޕެއަރއެވެ. މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަބުދުﷲ ފާއިހު ފަޒީލްއާއި އަޔާނީ މޫސާ ކަލީމްގެ ޕެއަރއެވެ. މުބާރާތުގެ އެކި އުމުރުފުރާތަކުން ވަނަތައް ހޯދި ކުޅުންތެރިންނަށް މުބާރާތް ރޭ ނިމުމުން ތަށްޓާއި ހަނދާނީ ލިޔުން ވަނީ ދީފައެވެ.

މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 12-21 ގެ ނިޔަލަށެވެ. މުބާރާތުގައި 111 ކުޅުންތެރިން މުބާރާތުގައި ވާދަކުރިއެވެ. އެއީ 52 ފިރިހެން ކުޅުންތެރިންނާއި، 59 އަންހެން ކުޅުންތެރިންނެވެ.