ޚަބަރު

ބެލްޖިއަމް ގެ ޤައުމީ ދުވަހު ގެ މުނާޞަބަތުގައި ފޮރިން މިނިސްޓަރ ތަހުނިޔާ ފޮނުއްވައިފި


ކިންގްޑަމް އޮފް ބެލްޖިއަމް ގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ.މުޙައްމަދު އާޞިމް އެ ޤައުމުގެ ފޮރިން މިނިސްޓަރު ޑައިޑެއަރ ރޭންޑާރސްއަށް ތަހުނިޔާ ގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޑރ.އާސިމުގެ މެސެޖުގައި، ބެލްޖިއަމްގެ ޤައުމީ ދުވަހު ގެ މުނާޞަބަތުގައި، އެ ޤައުމު ގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރައްވައި، ބެލްޖިއަމް ގެ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތަކަށާއި، މުސްތަޤްބަލުގައި އިތުރު ކާމިޔާބީ އަށް އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ގެ މެސެޖުގައި ވަނީ ބަޔާން ކުރައްވާފައެވެ.

ބެލްޖިއަމްގެ ޤައުމީ ދުވަސް ފާހަގަ ކުރަން ފެށީ 1831 ވަނަ އަހަރު ގެ 21 ޖުލައި ގައި، ބެލްޖިއަން ރިވޮލިއުޝަނަށް ފަހު ބެލްޖިއަމް ގެ ފުރަތަމަ ރަސްގެފާނު ލިއޯޕޯލްޑް އެކެއް އެ ޤައުމުގެ ރަސްކަމާއި ޙަވާލުވުމާއި ގުޅިގެން، ބެލްޖިއަމް އަކީ މިނިވަން ވަކި ދަޢުލަތެއް ގޮތުގައި ކަނޑައެޅިގެން ދިއުމުންނެވެ. އޭގެ ކުރިން ބެލްޖިއަމް އޮތީ ޔުނައިޓެޑް ކިންގްޑަމް އޮފް ނެދަރލޭންޑްސް ގެ ބައެއް ގެ ގޮތުގައެވެ. ރަސްގެފާނު ލިއޯޕޯލްޑް އެކެއްވަނީ 1831 ވަނަ އަހަރުން ފެށިގެން 1985 ވަނަ އަހަރު ގެ ޑިސެމްބަރު މަހު އަވަހާރަ ވުމާއި ހަމައަށް، އެ ޤައުމުގެ ވެރިކަން ކުރައްވާފައެވެ.
ބެލްޖިއަމަކީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމެއް ކަމަށްވާއިރު، ދިވެހި ރާއްޖެއާ ޔޫރަޕުގެ ޢިއްތިޙާދާއި ދެމެދު 1983 ވަނަ އަހަރު ސިޔާސީ ގުޅުން ޤާއިމްވީއްސުރެ، ބެލްޖިއަމް އާއި ދިވެހި ރާއްޖެ އާއި ދެމެދު ގުޅުން ބަދަހި ވަމުން ދާކަން ފާހަގަކޮށްލެވެއެވެ.