ޚަބަރު

ޓްރަމްޕްގެ ސްޓޭޓްމަންޓަކާ ގުޅިގެން އަނެއްކާވެސް އޮޅުންބޮޅުން


ރަޝިޔާގެ ފަރާތުން އެމެރިކާއަށް އަދިވެސް ބޮޑު ނުރައްކާތަކާ ކުރިމަތިވުމުގެ ފުރުޞަތު އެބައޮތްކަމަށް ވައިޓްހައުސުން ހާމަކޮށްފިއެވެ.

ވައިޓްހައުސުން މިކަން ހާމަކޮށްފައިވަނީ، 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީޑިއާގައި ދައްކަވާފައިވާ ވާހަކަތަކާ ބެހޭގޮތުން އަނެއްކާވެސް އިތުރު ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ބުދަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ އޭ.ބީ.ސީ ނެޓްވަރކްގެ ނޫސްވެރިއަކު، ކުރިއަށް އޮތްތަނުގައި ބާއްވާ އިންތިޚާބުތަކަށް ރަޝިޔާގެ ނުރައްކާ އޮތްތޯ ޓްރަމްޕާ ސުވާލުކުރެއްވުމުން ޖަވާބުގައި ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެފައިވަނީ، އެފަދަ ކަމެއް ނުވާނެކަމަށެވެ.

އެ ޖަވާބަށް ހަވާލާދެއްވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން މި ސުވާލުގެ ޖަވާބުގައި ޓްރަމްޕް ނޫނެކޭ ވިދާޅުވީ، މި ސުވާލާއި އިތުރު ސުވާލުތަކަށް ޖަވާބުދެއްވަން އުޒުރުވެރިވެވަޑައިގަންނަވާކަން ބަޔާންކުރެއްވުމުގެ ގޮތުންކަމަށް، ވައިޓްހައުސްގެ ތަރުޖަމާނު ސާރާ ސޭންޑަރސް ވިދާޅުވިއެވެ. އަދި އެމެރިކާގެ ވައިޓްހައުސުން ދަނީ، ކުރިއަށް އޮތްތަނުގައިވެސް ރަޝިޔާއިން މިފަދަ ނުފޫޒު ހިންގަން މަސައްކަތް ކޮށްފާނޭތީ، އެކަށިގެންވާ ފިޔަވަޅުތައް އަޅަމުން ކަމަށްވެސް ސޭންޑަރސް ވިދާޅުވިއެވެ.