ޚަބަރު

މާފިނޮޅު އެއާޕޯޓުގެ ބިން ހިއްކުމަށް މަހާޖައްރާފު އެ ރަށުގައި ބަނދަރުކޮށްފި


ހއ. މާފިނޮޅުގައި ތަރައްޤީކުރަން ހަމަޖެހިފައިވާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް އެމް.ޓީ.ސީ.ސީގެ ބިން ހިއްކާ ޑްރެޖަރ "މަހާ ޖައްރާފު" އެ ރަށުގައި ބަނދަރުކޮށްފިއެވެ.

އެމް.ޓީ.ސީ.ސީން ބުނީ މާފިނޮޅު އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މަހެއްހައި ދުވަހުން ނިންމާލެވޭނެ ކަމަށެވެ. އެރަށުގައި އެއަރޕޯޓް ތަރައްޤީކުރުމަށް 16 ހެކްޓަރުގެ ސަރަހައްދެއް ހިއްކަންވަނީ ނިންމާފައެވެ. މި އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި އެކުއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވާ އެމް.ޓީ.ސީ.ސީން އަންނަނީ ހދ.ކުޅުދުއްފުށީ އެއަރޕޯޓާއި ށ.ފުނަދޫ އެއަރޕޯޓުގެ އިތުރުން ގދ.މާވަރުލު އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

މާފިނޮޅު އެއަރޕޯޓްގެ ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާހް ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އެމަނިކުފާނު ވަނީ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި އެ ދެއަތޮޅަށް ވަޑައިގެންފައެވެ.