ކުޅިވަރު

މުބާރާތުގެ ޒުވާން ކުޅުންތެރިޔާގެ މަގާމު އެމްބާޕޭ އަށް


ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަޤާމު ފްރާންސްގެ ފޯވަޑް ކޭލިއަމް އެމްބާޕޭއަށް ދީފިއެވެ. މުބާރާތުގެ ޓެކްނިކަލް ސްޓަޑީ ގްރޫޕުން ހޮވި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަޤާމު އޭނާ އޭނާއަށް ލިބުމުން އެވޯޑް ހަވާލުކުރީ ރޭ ނިމުނު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ.

އެމްބާޕޭ ވެފައިވަނީ މި މަޤާމު 19 އަހަރުގައި ހޯދި ކުޅުންތެރިއަކަށެވެ. އަދި ރޭގެ ފައިނަލް މެޗުގައި ކްރޮއޭޝިޔާ ކޮޅަށް ގޯލު ޖެހުމުން އޭނާ ވެފައިވަނީ ބްރެޒިލްގެ ޕެލޭއަށް ފަހު ވަރލްޑް ކަޕުގެ ފައިނަލެއްގައި ލަނޑުޖެހި 19 އަހަރުގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ވަރލްޑް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ބްރެޒިލްގެ ޕެލޭ ވެސް ވަނީ މިހެންވެ އެމްބާޕޭއަށް މަރުހަބާކިޔާފަ އެވެ.

"މިއީ ވަރަށް ބޮޑު އިނާމެއް. އަހެރެން މިހުރީ ވަރަށް އުފަލުން. އެކަމަކު އެންމެ ބޮޑަށް އުފާވަނީ މުބާރާތުގެ ތަށި ލިބުމުން. މި ކާމިޔާބީ އަކީ ފާއިތުވެދިޔަ ދުވަސްތަކުގައި ޓީމެއްގެ ގޮތުގައި އަހަރުމެން ކުރި މަސައްކަތުގެނަތީޖާ،" އެމްޕާބޭ ބުންޏެވެ.

ވަރލްޑް ކަޕުގައި ކުޅުނު ފުރަތަމަ ފަހަރު އެމްބާޕޭ ވަނީ މުބާރާތުގައި ހަތަރު ގޯލު ޖަހާފައެވެ.