އޭޑީކޭ ހޮސްޕިޓަލް ކުރިމަތީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ ސޯސަންމަގު އޭޑީކޭ ކުރިމަތީގައި ހުންނަ ހ.ނަސްރީނު ނަމަކަށް ކިޔާ ގެއެއްގެ ފަސްވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ.
އަދި އަލިފާންގަނޑު ނިއްވާލުމަށްޓަކައި އެމްއެންޑީއެފްގެ ފަޔަރ ޓީމުން ޙަރަކާތްތެރިވެފައިވާ ކަމަށާއި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.