ޚަބަރު

ރައީސްގެ އަނބިކަނބަލުންނަށް "ވުމަން އޮފް ދަ އިޔަރ" އެވޯޑް


އަންހެނުން ބާރުވެރިކުރެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކޮށް އެކަމަނާއަށް ވުމަން އޮފް ދައިޔަރ އެވޯޑް އަރުވާފައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް މި އެވޯޑް އަރުވާފައިވަނީ ޕްރޮފެޝަނަލް ވުމަން އެންޑް ކެރިއަރ އެވޯޑްސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ދިދުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގެންދަވަނީ ރާއްޖޭގެ އަންހެނުން ބާރުވެރިކުރުވުމަށް އެކިދާއިރާތަކުން ގިނަ މަސައްކަތްތައް ކުރައްވަމުންކަން ފާހަގަކޮށްލެވެއެވެ.

އަރުވާފައިވަނީ ޕްރޮފެޝަނަލް ވުމަން އެންޑް ކެރިއަރ އެވޯޑްސްއަކީ އަވައްޓެރި ސްރިލަންކާގައި ދޭ އެންމެ ވާދަވެރި އެއް އެވޯޑެކެވެ. ޕްރޮފެޝަނަލް ވިމެން އެންޑް ކެރިއަރ އެވޯޑްސް މޯލްޑިވްސް 2018 ގެ ނަމުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި މި އެވޯޑް ދީފައިވަނީ ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސްއިންނެވެ.

މިއެވޯޑަކީ މުޖުތަމަޢުގެ ލާބަޔަށް މަސައްކަތްކޮށްފައިވާ އަންހެނުންނަށާއި، ޤައުމަށް ރީތިނަން ހޯދައިދީފައިވާ އަންހެނުންނަށް ދޭ އެވޯޑެކެވެ. އެކި ދާއިރާތަކުން މިއެވޯޑް ޙާސިލްކޮށްފައިވާ މީހުންނަށް އެވޯޑް ޙަވާލުކުރީ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ޙަފްލާއެއްގައެވެ. ރާއްޖެއަށް އަލަށް ތަޢާރަފްކޮށްފައިވާ މިއެވޯޑް ދީފައިވަނީ ތިން ދާއިރާއަކުންނެވެ. އެއީ މެރިޓް އެވޯޑާއި ރިކޮގްނިޝަން އެވޯޑާއި ގޯލްޑް އެވޯޑެވެ.

ވުމަން އިން މެނޭޖްމެންޓް މޯލްޑިވްސްގެ ރައީސާ މިންހާ ފާއިޒު ރަޝީދު ވިދާޅުވީ މިއެވޯޑަކީ ރާއްޖެއަށް އަލަށް ތަޢާރަފްވި އެވޯޑެއްނަމަވެސް މިއެވޯޑްގެ މުސަތަޤުބަލު އުޖާލާކަމަށެވެ. މިއެވޯޑް ލިބުނު ފަރާތްތަކުގެ މެދުގައި އިތުރު ކަންތައް ތަކަކަށް ބެލުމަށް ފަހު ނޮމިނޭޓްވާ 5 ފަރާތަކަށް ސްރީލަންކާގައި ބާއްވާ ޕްރޮފެޝަނަލް ވުމެން އެންޑް ކެރިއަރ އެވޯޑްސްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަސް ވުމަން އިން މެނޭޖްމެންޓް މޯލްޑިވްސްއިން ބުނެއެވެ. އަދި ޢާއްމުކޮށް ނުފެންނަ ކަމިޔާބު މޫނުތަކުގެ އަގުވަޒަންކުރުމަކީ މިއެވޯޑުގެ މަގުސަދެއްކަމަށްވެސް ވުމަން އިން މެނޭޖްމެންޓް މޯލްޑިވްސްއިން ބުނެއެވެ.