ސިޔާސީ

ހެލްތް މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން ޑިފެންސް މިނިސްޓަރާ ހަވާލުކޮށްފި





 


ހެލްތް މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރޓޑ) މުހައްމަދު ނާޒިމާ ހަވާލު ކުރައްވައިފިއެވެ.


 
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުޢާޒް އަލީ ވިދާޅުވީ ހެލްތު މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން މިނިސްޓަރ ނާޒިމާ ހަވާލުކުރެއްވީ، ކުރިން އެމަޤާމުގައި ހުންނެވި ޑރ މަރިޔަމް ޝަކީލާއަށް މަޖިލީހުން ރުހުން ލިބިވަޑައިނުގަތުމުންކަމަށެވެ.


 
ހެލްތް މިނިސްޓަރގެ މަގާމަށް ދެން ބޭފުޅަކު އައްޔަން ކުރައްވާނެ ވަގުތެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.


 
 


މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ ޝަކީލާއަށް ރުހުން ދޭން ނުފެންނަކަށް ފާސްކޮށްފައިވަނީ ފަސްދޮޅަސް އެއް މެމްބަރުންގެ ވޯޓުންނެވެ.