ޚަބަރު

ރައީސް ޔާމީނަކީ ދިވެހި ޒުވާނުންގެ ހުނަރާއި ޤާބިލިއްޔަތުކަން ދެނެވަޑައިގަންނަވާ އިޤްތިޞާދީ މާހިރެއް - އެޑިއުކޭޝަން މިނިސްޓަރ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަކީ ދިވެހި ޒުވާނުންގެ ހުނަރާއި ޤާބިލިއްޔަތުކަން އޭގެ އެންމެ ފުރިހަމަގޮތުގައި ދެނެގެންފައިވާ އިޤްތިޞާދީ މާހިރެއްކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ޕޮލިޓެކްނިކްގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ ރައީސް ޔާމިންގެ ޒަޢާމަތުގައި ޕޮލިޓެކްނިކުން ދަސްވެނިވެގެން ނިކުމެފައިވާ ގިނަ ދަސްވެނިންނަށް ވަޒީފާގެ ފުރުޞަތު ޔަޤީންވެފައިކަމަށެވެ.

ޕޮލިޓެކްނިކްގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ރައީސް ޔާމީނަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތު ކާމިޔާބުކަމާއިއެކު ޢަމަލީ މައިދާނުގައި ދައްކުވައިދެއްވި ހަމައެކަނި ރައީސްކަން ފާހަގަކުރައްވާފައެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢާއިޝަތު ޝިހާމު ވިދާޅުވީ، ޕޮލިޓެކްނިކުން ވޭތުވެދިޔަ 4 އަހަރާއި ބައިގައި ހޯދާފައިވާ ކާމިޔާބީތަކުން މިކަން އެނގިގެންދާކަމަށެވެ. އެގޮތުން މިއަހަރު ޕޮލިޓެކްނިކުން ހިންގި ޓިވެޓް ކޯސްތަކުގައި ބައިވެރިވި ކުދިންގެ އަދަދު 15 ސަތޭކައަށް އަރާއިރު މިއަދަދަކީ 2017 އަހަރުގެ މިއަދަދާއި އަޅާބަލާއިރު މިއީ 50 އިންސައްތައިގެ އިތުރުވުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ މި ދައުރުގައި އެންމެ ބޮޑު އިސްކަމެއްދެއްވި އެއްކަމަކީ ޒުވާނުން ބާރުވެރުވެރިކުރުންކަމުގައި ފާހަގަކުރައްވާ މިނިސްޓަރ ޢާއިޝަތު ޝިހާމު ވިދާޅުވީ، މި މަޤުޞަދު ޙާސިލުކުރުމަށްޓަކައި ވޭތުވެދިޔަ 5 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި މީގެ ކުރިން ރާއްޖޭގައި ދުވަހަކުވެސް ނުހިންގާ ވަރުގެ ތަމްރީނުތަށް ހިންގާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަކީ ދިވެހި ޒުވާނުންގެ ހުނަރާއި ޤާބިލިއްޔަތުކަން އޭގެ އެންމެ ފުރިހަމަގޮތުގައި ދެނެގެންފައިވާ އިޤްތިޞާދީ މާހިރެއްކަންވެސް މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސް ޔާމިންގެ ދުރުވިސްނުންފުޅުގެ ދަށުން ހޯދިކާމިޔާބީ ހުރިހާ ދިވެހި ރައްޔިތުންނަށް ފެނި އެނގިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2018 ވަނަ އަހަރު ޕޮލިޓެކްނިކުން ދަސްވެނިވި ދަރިވަރުންގެ ތެރެއިން ބޮޑު އިންސައްތައެއް 18 އަހަރާއި 25 އަހަރާއި ދެމެދު އުމުރުފުރާގެ ދަރިވަރުން ޙިއްސާކުރުމަކީ މީގެ ހެއްކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

1975 ވަނަ އަހަރު އުފެއްދި މޯލްޑިވްސް ޕޮލިޓެކްނިކް ތަރައްޤީކޮށް 3 ކޭމްޕަހަކާއި 2 އައުޓްރީޗް ސެންޓަރ ހިމެނޭގޮތައް ޕލިޓެކްނިޖްގެ 5 ގޮތްޕެއް ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވަނީ ޤާއިމުކޮށްފައެވެ.