ޚަބަރު

ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެއްގެ ޙާލު ސީރިއަސްވެއްޖެ


އައްޑޫސިޓީ ހިތަދޫގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިގައި އަންހެނަކަށް ހާނީއްކަވެ އޭނާގެ ޙާލު ސީރިއަސްވެއްޖެއެވެ.

މި އެކސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 04:40 އެހާއިރުގައެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 24 އަހަރުގެ އަންހެނެކަށް ކަމަށް ފުލުހުން މައުލޫމާތްދެއެވެ. މި އަންހެންމީހާއަށް ސީރިއަސްް އަނިޔާތަކެއް ލިބިފައިވާއިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އޭނާއަށް މިހާރުދަނީ ފަރުވާ ދެމުންނެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ މުހައްމަދް ނަޖީބް ވިދާޅުވީ މި އަންހެންމީހަށްގެ ބޮލަށް އަނިޔާވެފައިވުމުގެ ސަބަބުން މިހަރުދަނީ އައިސީޔޫގައި ފަރުވާދެމުންކަމަށެވެ. އަދި އޭނާ މާލޭ ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ނަޖީބް ވިދާޅުވިއެވެ.