ކުޅިވަރު

މެޗު ނުކުޅެ، ޒޯން 5 ގެ ޗެމްޕިއަންކަން ސޮނެވާފުށްޓަށް


ޒޯން ފަހެއްގެ ފައިނަލް މެޗަށް ޑުސިޓް ތާނީ މޯލްޑިވްސް ހާޞިރުނުވުމުން ސޮނެވާފުށްޓަށް ޗެމްޕިއަންކަން ދީފިއެވެ.

ސޮނެވާފުށީގައި މިއަދު ކުޅެން އޮތް ފައިނަލް މެޗަށް އެޓީމް ހާޞިރުނުވި ސަބަބެއް ނޭންގެއެވެ. ނަމަވެސް މިދިޔަ އަހަރުވެސް ޒޯން 5 ގެ ފައިނަލް މެޗު ކުޅެވުނީ ބޮޑަތި މައްސަލަތަކަކށްފަހުއެވެ.

ޒޯން 5ގެ ބެސްޓް އައުޓްސައިޑް އެޓޭކަރަކީ ސޮނެވާފުށީގެ އަކްރަމް އަބުދުﷲއެވެ. ސެކަންޑް ބެސްޓް އައުޓްސައިޑް ޕްލޭޔަރަކީ ވައްކަރުގެ އަލީ ވިޝާމްއެވެ. އެންމެ މޮޅު މިޑްލް ޕްލޭޔަރަކީ ސޮނެވާފުށީގެ ހަސަން މުޚުޠާރުއެވެ. ސެކަންޑް ބެސްޓް މިޑްލް ޕްލޭޔަރަކީ ވައްކަރު މޯލްޑިވްސްގެ ޝަވާދު މުޙައްމަދެވެ. އެންމެ މޮޅު ސެޓަރަކީ ސޮނޭވާފުށީގެ ހަސަން މުނާޒުއެވެ. ބެސްޓް އޮޕޮސިޓް ޕްލޭޔަރަކީ ސޮނޭވާފުށީގެ އަހުމަދު އިބްރާހީމްއެވެ. އެންމެ މޮޅު ލިބަރޯއަކީ ސޮނެވާފުށީގެ އާދަމް ނިޒާމްއެވެ. ޒޯން 5 ގެ އެންމެ މޮޅު ކުޅުންތެރިއަކީ ސޮނެވާފުށީގެ ޑޮން ސުމެއިދާއެވެ. އެންމެ މޮޅު ކޯޗަކީ ސޮނެވާފުށީގެ އިބްރާހީމް ރަޝީދު (ސަތޯ) އެވެ.

ޒޯން 4 ގައި މިއަދު ކުޅުނު މެޗު ކާމިޔާބުކުރީ ވިލަމެންދޫ އައިލެންޑް ރިސޯރޓެވެ. އެޓީމް މެޗު ކާމިޔާބުކުރީ ކޮންރަޑް މޯލްޑިވްސް އެޓް ރަންގަލި މޯލްޑިވްސްއާ ވާދަކޮށް ތިން ސެޓް އެއް ސެޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވިލަމެންދޫގެ މުއައްވަޒު އަބުދުﷲއެވެ.