ޚަބަރު

ރައީސް މާފު ދެއްވި 3 ކުއްވެރިޔަކު ޝަރުތުތަކާއި ޚިލާފުވެގެން އަނބުރާ ޖަލަށް





 


މި އަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހު ޝަރުތުތަކާއެކު ރައީސުލްޖުމްހޫރިއްޔާ މާފު ދެއްވި ކުށްވެރިންގެ ތެރެއިން ތިން މީހަކު އަނބުރާ ޖަލަށް ގެންގޮސްފިއެވެ.


 
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިއާ ކޯޑިނޭޓަރ މޫސާ ރަމީޒު ވިދާޅުވީ، އަފުއާމްގެ ދަށުން ދޫކޮށްލި ސަތޭކަ ފަސްދޮޅަސް ނުވަ މީހުންގެ ތެރެއިން މިހާތަނަށް އަފުއާމްގެ ޝަރުތުތަކާއި ޚިލާފުވެގެން އަނބުރާ ޖަލަށް ގެންދިޔަ ތިން މީހުންގެ ތެރެއިން ފުރަތަމަ މީހާ ހައްޔަރުކޮށްފައިވަނީ މެއި މަހުގެ ތެރޭގައި ކަމަށާއި، އޭނާ ހައްޔަރުކުރީ މާފް ދިނުމަށްފަހު ފުރިހަމަ ކުރަންޖެހޭ ފަރުވާގެ ޕްރޮގްރާމް ފުރިހަކޮށްފައި ނުވާތީކަމަށެވެ. އަދި ދެވަނަ މީހާ ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އާއިލާއިން ރިޕޯޓު ކުރުމުން ކަމަށާއި، ތިންވަނަ މީހާ ހައްޔަރުކޮށްފައިވަނީ، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާ ތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި ޖޫން މަހުގެ ތެރޭގައި ކަމަށްވެސް މޫސާ ރަމީޒު ވިދާޅުވިއެވެ.


 
 


ޝަރުތުތަކަކާއެކު ރައީސުލްޖުމްހޫރިއްޔާ މާފު ދެއްވި މީހުން އެ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ މާފް ލިބުނުއިރު ތަންފީޒުކުރަމުންދިޔަ ހުކުމް އެ ހިސާބުން އަލުން ފުރިހަމަކުރަންޖެހޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.