ޚަބަރު

ޣިޔާސުއްދީން ދަރިވަރުންނަށް "ދިރާގު ޕޭ" އެން.އެސް.ޕީ ޑެބިޓް ކާޑު


ދިރާގުން ތައްޔާރުކޮށްފައިވާ "ދިރާގު ޕޭ" އެން.އެސްޕީ ޑެބިޓް ކާޑު ޣިޔާސުއްދީން އިންޓަރނޭޝަނަލް ސުކޫލުގެ ދަރިވަރުންނަށް ތަޢާރަފް ކޮށްފިއެވެ.

މިއީ ދިރާގާއި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްއާގުޅިގެން މިއަހަރުގެ ޖެނުއަރީ މަހު އެސުކޫލްގެ ދަރިވަރުންނަށް ތަޢާރަފްކުރި ކާޑެކެވެ. ދިރާގްޕޭގެ ޚިދުމަތް އިތުރު ފުރިހަމަކަމާއެކު ލިބިދޭ މި ކަޑުގެ މަޤުސަދަކީ ދަރިވަރުންނަށް ލުއިފަސޭހަކޮށްދިނުންކަމށް ދިރާގުން ބުނެއެވެ. އެގޮތުން މިހާރު ދަރިވަރުން ބޭނުންކުރަމުންދާ ދިރާގުޕޭ އެން.އެފް.ސީ ސްޓިކާގެ ބަދަލުގައި، ދިރާގު ޕޭ އެން.އެފް.ސީ ޑެބިޓް ކާޑުގެ ބޭނުންކުރެވޭނެކަމަށް ދިރާގުން މަޢުލޫމާތުދެއެވެ.

މިކާޑަކީ ދަރިވަރުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ތާޢާރަފުކުރި މިފަދަ ފުރަތަމަ އެން.އެފް.ސީ ޑެބިޓް ކާޑެވެެ. މިކާޑު ފަރުމާކޮށްފައިވަނީ ދަރިވަރުންގެ ފޮޓޯއާއި ނަމާއި އިންޑެކްސް ނަންބަރު ހިމަނައިގެން ޕާރސަނަލައިޒް ކުރެވިގެންނެވެ.

ދިރާގު ޕޭގެ މިޑެބިޓް ކާޑަކީ އެން.އެފް.ސީ މެދުވެރިކޮށް ދިރާގު ޕޭ ޕީއޯއެސް ޓަރމިނަލްގައި ކާޑު ޓެޕް ކޮށްލުމަށްފަހު ވިޔަފާރި ކުރެވޭ ގޮތަށް ހަދާފައިވާ ކާޑެކެވެ. މި ކާޑް ބޭނުންކޮށްގެން ސްކޫލް ކެންޓީނުން ދަރިވަރުންގެ އިންޓަވަލަށް ފައިސާ ދެއްކޭނެގޮތް އިންތިޒާމްކޮށްފައިވާކަމަށް ދިރާގުން މަޢުލޫމާތުދެއެވެ.
ދިރާގު ޕޭގެ ޑެބިޓް ކާޑް ތަޢާރަފް ކުރުމާ ގުޅިގެން ދިރާގު ޕޭ މެދުވެރިކޮށް ސްކޫލް ކެންޓީނުން ވިޔަފާރި ކުރާ ދަރިވަރުންނަށް 50 އިންސައްތައިގެ ޑިސްކައުންޓެއް، އެއް ހަފްތާ ވަންދެން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެން.އެފް.ސީ ސްޓިކާއެކޭ އެއްފަދައިން ދިރާގު ޕޭގެ ޑެބިޓް ކާޑު ލިންކް ކުރެވިފައިވަނީ ބެލެނިވެރިޔާގެ އީ-ވޮލެޓާއެވެ. އެހެންކަމުން ބެލެނިވެރިންނަށް ވަގުތުން ފަސޭހަކަމާއެކު ދަރިވަރުން ކުރާ މުޢާމަލާތްތައް ބެލޭނެ ނިޒާމެއް ފަހިވެވައިވާނެކަމަށް ދިރާގުން ބުނެއެވެ.

ސްކޫލަށް ފައިސާ ނުގެންގޮސް، ބެލެނިވެރިންގެ އީ-ވޮލެޓަށް ފައިސާ ޖަމާކުރުމަށްފަހު ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކުދިންގެ އިންޓަވަލް ގަނެވޭގޮތް ދިރާގު ޕޭ މެދުވެރިކޮށް ފަހިވުމާއިގުޅިގެން މިޙިދުމަތައް ވަރަށްބޮޑު ތަރުހީބެއް ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ލިބެމުން އަންނަކަމަށް ދިރާގުން ބުނެއެވެ.

ދިރާގުންދަނީ މިޚިދުމަތް އިތުރަށް ފުޅާކޮށް އެހެން ސްކޫލްތަކުގެ ދަރިވަރުންނަށް މިޚިދުމަތް ދިނުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.