ޚަބަރު

ނ.ކުޑަފަރީ ފަރަށް ޓަގް ބޯޓެއް އަރައިފި


ނ.ކުޑަފަރީ ފަރަށް ޓަގް ބޯޓެއް އަރައި، ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ. މިއަދު ގަޑިން 14:53 ހާއިރު ފަރަށް އަރައިފާވަނީ ރާދަފަތި ނަމަކަށް ކިޔާ ބޯޓެކެވެ.

މި ޚަބަރު އެމް.އެންޑީ.އެފް ކޯސްޓުގާޑު ގެ މެރީ ޓައިމް ރެސްކިއު ކޯޑިނޭޝަން އަށް ރިޕޯޓުކޮށްފައިވަނީ މެންދުރު ގަޑިން 14:53 ގައި ކަމަށް އެފަރާތުން ބުނެއެވެ. އަދި މިވަގުތު ބޯޓު ގެ ވެރި ފަރާތުން ބޯޓު ފުންކުރުމުގެ މަސައްކަތްކުރަމުން އަންނަކަމުގެ މަޢުލޫމާތުވެސް ވަނީ ލިބިފައެވެ. މި ބޯޓުގައި ތިބި މީހުންގެތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބިދޭސީއަކުކަމަށާ މިއިން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމް.އެން.ޑީ.އެފްއިން މަޢުލޫމާތުދެއެވެ.

މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމުން، ދަތުރުފަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް މޯލްޑިވްސް މެޓް އޮފީހުން މިއަދު ހެނދުނު 10 އަކުން މާދަމާ ހެނދުނު 10 އަކަށް މޯލްޑިވްސް މީޓޯއޮރޮލޮޖިކަލް ސެންޓަރުން ނެރެފައިވާ މޫސުން ލަފާކުރާ ގޮތުގެ ބަޔާނުގައިވަނީ އިލްތިމާޒްކޮށްފައެވެ. އެ ގޮތުން، ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން ގަޑިއަކު 05 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާ 25 ދެމެދު ބާރުމިނުގައި ކަމަށް މި ބަޔާނުގައިވެއެވެ.