ޚަބަރު

އެލައިޑް ޓްރެވަލަރސް ޕްރޮޓެކްޝަން ޕްލޭން ރަސްމީކޮށް އިފްތިތާހް ކޮއްފި


ދަތުރުވެރިންނަށް ޚާއްޞަކޮށްގެން އެލައިޑުން ޚާއްޞަ ޕެކޭޖެއް ތަޢާރަފްކޮށްފިއެވެ.

"އެލައިޑް ޓްރެވެލަރސް ޕްރޮޓެކްޝަން ޕްލޭން"ގެ ނަމުގައި އަލަށް ތަޢާރަފްކުރި މި ޕެކޭޖާއެކު، އެއަށް ޚާއްޞަ ވެބްސައިޓެއްވެސް އެ ކުންފުނިން ވަނީ ލޯންޗުކޮށްފައެވެ.

އެ ކުންފުނިން އަލަށް ތަޢާރަފްކުރި މި ޕެކޭޖާއި، ވެބްސައިޓް ލޯންޗްކޮށްފައިވަނީ ނެޝަނަލް އާޓް ގެލެރީގައި މިހާރު ކުރިއަށްދާ ވެކޭޝަން އެކްސްޕޯގެތެރެއިން ބޭއްވި ހަފްލާއެއްގައެވެ. މި ޕްލޭނާއި ވެބްސައިޓް ލޯންޗްކޮއްދެއްވާފައިވަނީ އެލައިޑް އިންޝުއަރެންސްގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ނިއުޝާދް ވިދާޅުވީ ޓްރެވެލަރސް ޕްލޭން ރީ-ބްރޭންޑް ކޮއްފައިވަނީ ކަސްޓަމަރުންގެ ބޭނުންތައް ހޯދުމަށް ސީދާ ކަސްޓަމަރުންގެ ފީޑްބެކް ހޯދާ އެކަންކަން ޓެކްނިކަލީ އެނަލައިޒް ކުރުމަށް ގިނަ ދިރާސާތަކެއް ހެދުމަށް ފަހުގައި ކަމަށެވެ.

އެގޮތުން ކުރީގެ ޕްލޭނާ އަޅާ ބަލާއިރު މިފަހަރުގެ ޕްލޭނުގައި ކަވަރޭޖް ލިބޭ ހާލަތްތައް އިތުރުކޮށް ކޮންމެ ހާލަތަކަށްވެސް ޚާއްސަ ޓޯޓަލް ލިމިޓްވެސް އިތުރު ކުރެވިފައިވާނެ ކަމަށް ނިއުޝާދް ވިދާޅުވިއެވެ.

މީގެއިތުރުން މިފަހަރުގެ ޕެކޭޖްގައި ވިޔަފާރި ދަތުރުތަކަށް ނުވަތަ ޗުއްޓީއަށް ދާ ފަރާތްތަކުން އެފަރާތްތަކުގެ ދަތުރުގެ ބޭނުމާއި ގުޅުވައިގެން ހިމެނުމަށް އެދޭ އޮޕްޝަނަލް ކަވަރސް ނެގުމުގެ ފުރުޞަތުވެސް ލިބޭނެކަމަށް ނިއުޝާދު ވިދާޅުވިއެވެ.