ޚަބަރު

ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމުލިޔަސް ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭނެ - ޑރ.މުއިއްޒު


މާލޭގެ ރަށްވެހިންގެ ގޮތުގައި މާލޭ، ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅާފައި އޮތަސް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަރު އޮންނާނެކަމަށް ހައުސިންގ މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން މާލޭގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ފުރުޞަތު ހުޅުވާލި ނަމަވެސް، ކުރިއަށް އޮތް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓަށް ބަދަލެއް ނާންނާނެ ކަމަށެވެ.

މިނިސްޓަރ މުޢިއްޒު މިގޮތަށް ވިދާޅުވެ ޓްވިޓް ކުރައްވާފައި މިވަނީ، މާލޭ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލުމާއެކު، ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމުލާމީހުންނަށް ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ގެއްލިދާނެކަމަށްބުނެ ބައެއް މީހުން ވާހަތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމަށް ޢިޝާރާތްކުރައްވައި މިނިސްޓަރ ވިދާޅުވީ ދަފުތަރުގައި ރަޖިސްޓްރީވުމަށް ފޯމް ހުށަހެޅި ނަމަވެސް ވޯޓް ލުމުގެ ފުރުޞަތު ގެއްލޭފަދަ ނުވަތަ ވޯޓުލުމުގެ ހައްޤަށް އުނިކަން އަންނާނެފަދަ އެއްވެސް ގޮތެއް މެދުވެރި ނުވާނެ ކަމަށެވެ.